twitterviber whatsapp telegramfacebookyoutube instagram
28th April 2026

މެދުކެނޑުމަށްފަހު ކުޅުދުއްފުށީ މަގުތަކުގައި ތާރުއަޅަން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jan 22, 2024
1

މެދުކެނޑުމަކަށްފަހު އަލުން ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. ކުރީގެ ސަރުކާރުގެ ފެށި މި މަޝްރޫއުގެ 60 އިންސަތަ މަސައްކަތް އޭރު އޮތީ ނިންމާލާފަ އެވެ.

އެގޮތުން މަގުތަކުގައި ވަޅުލަން ޖެހޭ ތަކެތީގެ ބޮޑުބައެއް ވަޅުލައި ނިންމާލައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްވެފައިވަނިކޮށް ދޮންއުމަރުކަލޭފާނުގެ މަގުގެ އިރުމަތިކޮޅުން ބައެއްގައި ތާރު އެޅި އެވެ. ނަމަވެސް ވެރިންކަން ބަދަލުވި ހިސާބުން މަސައްކަތް މަޑުޖެހިލި އެވެ.

ތާރުއެޅުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށައި މިއަދު މިވަނީ ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށިފަ އެވެ. މިއަދު ތާރު އަޅަން ފެށީ މައިޓްމަގުގަ އެވެ. ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން މިފަހަރު 4 ކިލޯމީޓަރު ސަރަހައްދެއްގައި ތާރު އަޅާނެ އެވެ.

ކުޅުދުއްފުށީގެ މަގުތައް ހަދަނީ ފަޔަރ ހައިޑްރަންޓް ސިސްޓަމާއި ޑީވޯޓަރިން އަދި ސްޓޯމްވޯޓާ ސިސްޓަމް ގާއިމުކޮށްގެންނެވެ.

މުޅިން ފައިނަލްވެފައި އޮތް ޕްރޮޖެކްޓަކަށް އިތުރު ބައިތައް ހިމަނަށް ޖެހުމުން މަޝްރޫއު ލަސްވެގެންދިޔައީ އެވެ. އެގޮތުން ކައުންސިލުން އެދުނު ކަންތައްތައް ހިމެނުމުން މަޝްރޫއުގެ އަގު ދެ ގުނަވި އެވެ. އެގޮތުން 106 މިލިއަން ރުފިޔާގެ މަޝްރޫއު 199 މިލިއަން ރުފިޔާއަށް އެރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355