twitterviber whatsapp telegramfacebookyoutube instagram
1st May 2024

ޑީވޯޓަރިންނާއި ފަޔަރ ހައިޑްރަންޓް ސިސްޓަމް ގާއިމުކޮށް ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Sep 27, 2023
2

ޑީވޯޓަރިން ސިސްޓަމާއި ފަޔަރ ހައިޑްރަންޓް ސިސްޓަމް ހިމަނައި ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ. މިއީ މާލެ ސަރަހައްދު ފިޔަވާ އެހެން ރަށެއްގައި ޑީވޯޓަރިން ސިސްޓަމް ހިމެނި ފުރަތަމަ ރަށެވެ.

މިއަދު ތާރު އަޅަން ފެށީ ދޮންއުމަރުކަލޭފާނުގެ މަގުގެ އިރުމަތި ކޮޅުގައި އެވެ. ތާރު އެޅުމުގެ މަސައްކަތްކުރަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަސައްކަތުގައި މަގުތަކުގައި ވަޅުލަން ޖެހޭ ގިނަ ހޮޅިތަކެއް ވަނީ ވަޅުލާފަ އެވެ.

އޭގެ ތެރޭގައި ކުރިން މަގުތައް ހެދިއިރު ގާއިމުނުރާ ފަޔަރ ހައިޑްރަންޓް ސިސްޓަމާއި ޑީވޯޓަރިން ސިސްޓަމް ހިމެނެ އެވެ. އަދި ކުރިން ހެދި މަގުތަކުގައި ފެން ނުހިނދޭ މައްސަލަވެސް ބޮޑެވެ. އެހެންވެ އެކަން ހައްލުކުރުމަށް އަލަށް ހަދާ މަގުތަކުގައި ސްޓޯމްވޯޓާ ސިސްޓަމްވެސް ގާއިމުކޮށްފައިވެ އެވެ.

މީގެ ކުރިން މިއަހަރު މަގުތައް ހަދާއިރު މީގެ ކުރިން ހެދި މަގުތަކަށްވުރެ އެތަކެއް ގުނައެއް ފެންވަރު ރަނގަޅުކަންވެސް ފާހަގަކުރެވެ އެވެ. ކުރީގައި މަގުތައް ހެދިއިރު އޭބީސީ ލޭޔަރ ހަދާފައިވަނީ ދޮންވެއްޔާއި ސިމެންތި ބޭނުންކޮށްގެން ވަރަށް ތުނިކޮށްށެވެ. އެކަމަކު މިފަހަރު މަގުތަކުގައި އޭބީސީ ލޭޔަރ ހަދަނީ ތަފާތު ތިން ސައިޒެއްގެ ހިލަވެލި ބޭނުންކޮށްގެންނެވެ. އަދި އޭބީސީ ލޭޔަރގެ ބޯމިނުގައި 100 އެމްއެމް ހުރެ އެވެ.

ތާރު ފަށަލަވެސް މިފަހަރު ބޮލެވެ. އެގޮތުން ތާރުގެ ބޯމިނަކީ 40 އެމްއެމް އެވެ. ޖުމްލަ ލޭޔަރުގެ ބޯމިނުގައި 140 އެމްއެމް ހުރެ އެވެ.

މުޅިން ފައިނަލްވެފައި އޮތް ޕްރޮޖެކްޓަކަށް އިތުރު ބައިތައް ހިމަނަށް ޖެހުމުން މަޝްރޫއު ލަސްވެގެންދިޔައީ އެވެ. އެގޮތުން ކައުންސިލުން އެދުނު ކަންތައްތައް ހިމެނުމުން މަޝްރޫއުގެ އަގު ދެ ގުނަވި އެވެ. އެގޮތުން 106 މިލިއަން ރުފިޔާގެ މަޝްރޫއު 199 މިލިއަން ރުފިޔާއަށް އެރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355