twitterviber whatsapp telegramfacebookyoutube instagram
5th April 2026

ވެލިގާއިން 'ސަޓާ' ޓޫލްސް ރާއްޖެއަށް ތައާރަފުކޮށްފި

ނަބީލާ އިސްމާޢީލް
Mar 11, 2022

އެމެރިކާގެ އެންމެ މަގުބޫލު އެއް ބްރޭންޑް ކަމަށްވާ "ސަޓާ" ޓޫލްސް ވެލިގާ ހާޑްވެއާއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ސަޓާގެ ޓޫލްތައް އޮޓޯމޯޓިވް އާއި ކޮންސްޓްރަކްޝަނާއި އެރޯސްޕޭސް އަދި މެނުފެކްޗަރިން ފަދަ މެކޭނިކަލް ދާއިރާތަކަށް ހާއްސަކޮށްފައިވެ އެވެ.

ވެލިގާ އަކީ ސަޓާ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

އެމެރިކާގެ އެޕެކްސް ޓޫލް ގްރޫޕުގެ ޗައިނާ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ސަޓާ ޓޫލްސް އަކީ ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް ފުޅާވަމުން އަންނަ، އެންމެ ފެންވަރު ރަނގަޅު ޓޫލްސް އުފައްދާ އެއް ކުންފުންޏެވެ.

ވެލިގާއިން ވަނީ ސާޓާގެ ފުލް ރޭންޖް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ. އެހެންވެ، އެންމެ ކުދި ޓޫލްތަކުން ފެށިގެން އެކި މަސައްކަތްތައް ބޭނުންވާ ހުރިހާ ސާމާނެއް ވެލިގާގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސަޓާއަކީ ކޮލިޓީ ރަނގަޅު ސާމާނު އުފައްދާ ބްރޭންޑަކަށް ވާތީ ވެލިގާއިން އެ ތަކެތި ގަތުމުން ލައިފް ޓައިމް ވޮރެންޓީ ލިބޭނެ އެވެ. އެ ބްރޭންޑުގެ ހުރިހާ ސާމާނަކީ ވެސް ކޮލިޓީއާ އަޅާ ބަލާއިރު އަގުވެސް ރަނގަޅު ސާމާނު ކަމަށް އެ ކުންފުނިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355