twitterviber whatsapp telegramfacebookyoutube instagram
7th April 2026

ބޮޑު ކާމިޔާބީއަކަށް ފަހު އާލިއާ ޗުއްޓީއަށް!

Mar 13, 2022

ކާމިޔާބު ބަތަލާ އާލިއާ ބަޓްގެ އެންމެ ފަހު ފިލްމު ގަންގޫބާއި ކަތިއަވާޅީ ވެގެންދިޔައީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމަކަށެވެ.

އޭނާ ވަނީ ފިލްމުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށް އަދި ޕްރޮމޯޝަންތަކުގައިވެސް އަވަދިނެތި އުޅެފައެވެ. މިއީ މިހާތަނަށް އޭނާ ފިލްމެއްގެ މަސައްކަތުގައި މިހާ ބުރަކޮށް މަސައްކަތްކުރި ފަހަރެވެ. އަދި ގަންގޫބާއީގައި އޭނާ ފެނިގެން ދިޔަ ރޯލަކީ މިހާތަނަށް އާލިއާ ކުޅުނު އެންމެ ތަފާތު ރޯލުވެސް މެއެވެ.

އެގޮތުން ބުރަކޮށް އުޅުމަށްފަހު އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް މަންމަ ސޯނީ އަދި ދައްތަ ޝަހީން އާއެކު މިހާރު ވަނީ ޗުއްޓީއަކަށް ގޮސްފައެވެ. ދާދިފަހުން އޭނާ އެއާޕޯޓުގައި ހުއްޓާ ނޫސްވެރިންނަށް ފެނިފައިވާއިރު ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވަނީ ކޮންތަނަކަށް ކަމެއް އެގިފައެއް ނުވެއެވެ. އޭނާގެ އުފަން ދުވަހަކީ މާޗު 15 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355