twitterviber whatsapp telegramfacebookyoutube instagram
3rd May 2025
ADVERTISEMENT
ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވީ އިންޑިއާގެ އެހީތެރިކަމާއެކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވި--📷މަޖިލިސް

އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންވުމުގައި އިންޑިއާގެ އެހީތެރިކަން ބޮޑު: ނަޝީދު

މުޙައްމަދު އަހުމަދު
Mar 23, 2022
2

ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން މިނިވަންވީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މާލޭގައި ބާއްވާ ބޮޑު އެއްވުން ހުއްޓުވުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންގޮސްފަ އެވެ.

މިމައްސަލައަށް ބަހުސް ކުރަމުން ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވީ އިންޑިއާ ފަސްޓު ޕޮލިސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ގެންގުޅުއްވި ޕޮލިސީއެއް ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުން އިންޑިއާއާއެކު ހަދައިފައިވާ އެއްބަސްވުންތައް ސިއްރުކޮށްފައިވާތީ، އެ ކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކައަށް ފަހު ރައީސް ނަޝީދު ވިދާޅުވީ 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނުއިރު، ރާއްޖެ ބަލަހައްޓަމުން އައީ ސިލޯނުގައި އޮތް ކޮލޯނިއަލް ސަރުކާރުގެ އެޑްމިނިސްޓްރޭޝަނުން ކަމަށެވެ.

ހަމައެހެންމެ އެ އަހަރު ރާއްޖެއަށް މިނިވަންކަން ނުލިބި އިންޑިއާއާއި ޕާކިސްތާނަށް މިނިވަންކަން ލިބުނު ސިއްރެއް އޮންނާނެކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ރާއްޖެ މިނިވަންވެފައިވަނީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

ރާއްޖެ އިނގިރޭސިން އަތުން މިނިވަންވީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެނގިފައި އޮތް ގޮތުގައި އިބްރާޙީމް ޝިހާބު، ޕްރައިމް މިނިސްޓަރު ނެހެރޫއާއި ބައްދަލުކުރެއްވި، އަދި ދިވެހިރާއްޖެއަކީ ވަކި މިނިވަން ދައުލަތެއްގައި ގޮތުގައި 1968 ގައި ފަހުން ކަނޑައެޅި ހަމަޖެހި މިއޮތީ އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެން ކަމަށެވެ.

ނަން
ކޮމެންޓް
އަދުރޭ
ތިކަން ތިކުރީ މަލިކު އަތުލިހެން ރާއްޖެ އަތުލުމައްކަމަށްވާނީ އިންޑިޔާއަކީ ބޭނުން ރާއްޖެ އެއްކޮން ، ތާރީޙްއިން އިގޭ ރާއްޖޭގައި ވެރިކަން ދަމަހައްޓަން އޭރަކު ވެރިކަމުގައި ތިބިމީހުން ވެރިކަމުގައި ތިބީ އިންޑިއާއަށް ޖިޒީދީގެން ކާއްޓާއި ހިކިމަސް ފޮނުވައިގެން އަހަރުމެންނަށް އެވަރު އެނގޭ ، އަންނި ކަލޭ ހީކުރީތަ .
އަންމަޑޭ
އެތަނުގައި ހުރީތަ ، ތިއީ ނާސިރު ކުރިކަމެއްގެ ގޮތުގައި އިގެނީ ، ދެން ކަލޭ ބުނީމާ އަހަރުމެން ކޮންމެ އެއްޗެއް ޤަބޫލް ކުރެވޭނެ ގޮތެއް މިހާރަކު ނެތް ، އަދި ހުރިހާ ކަމަކާ ބެހެން ނޫޅޭ ، ރޯނު އެދުރު ނުހެދޭށޭ ، މީހުން އެއްޗެހިކިޔާނެ ތިވައްތަރަށް ތިތަނުގައި އިނަސް އުޅެންޔާ..
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com