twitterviber whatsapp telegramfacebookyoutube instagram
7th September 2026

ތަސްލީމާގެ ބަދިގެ: މައިލޯ ބަނާނާ މިލްކް ސޭކް

ނަބީލާ އިސްމާޢީލް
Apr 4, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ މައިލޯ ބަނާނާ މިލްކް ޝޭކް ތައްޔާރުކުރާނެ ގޮތެވެ. މިއީ ރޯދަ ވީލާ ވަގުތަށް ނުވަތަ ތަރާވީސް ގަޑިއަށްވެސް ނޫނީ ހާރުދަމު ބޯލަންވިޔަސް ވަރަށް މީރު އަދި ފައިދާހުރި ބުއިމެކެވެ.

ބޭނުންވާނެ ތަކެތި:

  • 1 ދޮންކެޔޮ (ކުޑަ)
  • 2 މ ސަމްސާ މައިލޯ
  • 1 ތަށި މިލްކް
  • 1 ސްކޫޕް ވެނީލާ އައިސްކްރީމް
  • 1 ސަމްސާ މާމުއި

ތައްޔާރުކުރާނެ ގޮތް:

މިލްކްޝޭކް ހަދަން ބޭނުންވާ ހުރިހާ އެއްޗެށް މިކްސްޗަރ އަށް އަޅާ ރަނގަޅަށް ގިރާލާށެވެ. މިލްކްޝޭކް އަޅަން ބޭނުންވާ ތަށްޓަށް އައިސްކިއުބު އެޅާލާށެވެ. މިއީ ވަރަށް މަދު ބާވަތެއް ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭ ވަރަށް މީރު ބުއިމެކެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355