ވެލިގާ ހާޑްވެއަރގައި ވިއްކާ ހުރިހާ ސާމާނެއް މިހާރު ވެބްސައިޓް މެދުވެރިކޮށް ގަނެވޭކަމަށް އެ ފިހާރައިން ބުނެފިއެވެ.
މިއީ ރާއްޖޭގައި ހާޑްވެއަރ އަދި މަސައްކަތްތެރިންނަށް ބޭނުންވާނެ ސާމާނު އެންމެ ގިނައިން މިވަގުތު ލިބެން ހުރި ވެބްސައިޓެވެ. އެގޮތުން ވެބްސައިޓް މެދުވެރިކޮށް 10،000 އަށް ވުރެ ގިނަ އައިޓަމްސް ގަނެވޭނެ އެވެ.
އެފިހާރައިން ބުނީ މިހާރު ބޭނުން ކޮންމެ ތާކު ހުރެގެން ކޮންމެ ގަޑިއެއްގައިވެސް އޯޑަރުކޮށް ފައިސާ ދެއްކޭނެ ކަމަށާއި އޯޑަރުތައް
މާލެ އާއި ހުޅުމޭލޭގައި ސީދާގެއަށް ގެންގޮސްދިނުމާއި ރަށްރަށުގެ އޯޑަރުތައް ސީދާ ބޯޓަށް ގެންގޮސްދޭނެ ކަމަށެވެ.
އެގޮތުން ސީދާ އޯޑަރު ކުރާ ދުވަހު ނުވަތަ ޖެހިގެން އަންނަ ދުވަހު ޑެލިވަރަ ކޮށްދޭނެކަމަށް އެފިހާރައިން މައުލޫމާތު ދެއެވެ.