twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ކޮވިޑް ވެކްސިން ޖަހާ ރޭޓް ދަށަށް

Apr 6, 2022
1

ވޭތުވެދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހާ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިހާރު ވެކްސިންގެ ތަފާސް ހިސާބުތައް އާއްމުކުރަމުންދަނީ ކޮންމެ ހަފްތާއަކު އެއް ފަހަރެވެ.

ވޭތުވެދިޔަ 7 ދުވަހު ބޫސްޓަރ ޑޯޒް ޖެހީ ޖުމްލަ 2048 މީހުންނެވެ. ވެކްސިން ޖެހޭ އާބާދީގެ ތެރެއިން ބޫސްޓަރ ޑޯޒް މިހާތަނަށް ފުރިހަމަކުރީ އާބާދީގެ %34.64 މީހުންނެވެ. އަދި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 156856 އެވެ.

މިދިޔަ ހަފްތާގައި ވެކްސިންގެ 2 ޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރީ 167 މީހުންނެވެ. ޖުމްލަ 383768 މީހުން ދެ ޑޯޒް ޖަހާފައިވާއިރު އެއީ ވެކްސިން ޖެހޭ އާބާދީގެ %84.75 މީހުންނެވެ.

މިދިޔަ ހަފްތާގައި މުޅިން އަލަށް 66 މީހުން ވެކްސިން ޖެހިއެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް 398525 މީހުން ވަނީ ޖަހާފައެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ %88.01 މީހުންނެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވެފައިވީނަމަވެސް އެޗްޕީއޭއިން ދަނީ ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355