twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުޑަކުދިންގެ މެދުގައި ނޭވާލާ ނިޒާމަށް ޖެހޭ ރޯގާއެއް އިތުރުވަނީ

ނަބީލާ އިސްމާޢީލް
Sep 25, 2024

ނޭވާލާ ނިޒާމު ބަލިކަށިކުރުވާ ވައިރަހެއް ކަމަށްވާ، ރެސްޕިރޭޓޮރީ ސިންސީޝިއާ ވައިރަސް (އާރްއެސްވީ) ރާއްޖޭގެ ކުޑަކުދިންގެ މެދުގައި އިތުރުވާން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ކުޑަކުދިންގެ މެދުގައި އާރްއެސްވީގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ހާލަތު ކައިރިން ބަލަމުން އަންނަ ކަމަަށެވެ. އެގޮތުން ކުޑަކުދިންގެ މެދުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

"މިގޮތުން އަތް ދޮވުމާއި، މީހުން ގިނަ ތަންތަނަށް އެއްވެ ނޫޅުން ފަދަ ފިޔަވަޅުތައް އެޅުމަށް އެދެން،". އެޗްޕީއޭ ބުނެ އެވެ.

މި ވައިރަހާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ ގޮވާލައިފައެވެ. މި ވައިރަސް އެންމެ ގިނައިން ފެތުރެނީ ކުޑަކުދިންގެ މެދުގައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކެއްސާއި ކިނބިހި އެޅުމާއި، ނޭވާލާން އުނދަގޫ ވުމާއި، މޭގައި ރިއްސުން ހިމެނޭއިރު، މިފަދަ އަލާމަތްތައް ފެންނަ ނަމަަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. މިއާއިއެކު އަވަހަށް ބަލި ދެނެގަނެވި ފަރުވާ ކުރެވިއްޖެ ނަމަ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ.

ރެސްޕިރޭޓޮރީ ސިންސީޝިއާ ވައިރަހަކީ ގައިންގަޔަށް އަރާ ވައިރަހެކެވެ. މި ވައިރަސް ފެތުރެން މެދުވެރިވަނީ ވައިރަހުގެ އަސަރުކޮށްފައިވާ މީހެއް ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355