twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުންފުނިތައް ބްލެކްލިސްޓް ކުރަން އުސޫލެއް ހަދައިފި

ނަބީލާ އިސްމާޢީލް
Apr 6, 2022

ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިއަށް ނުގެންދާ ކުންފުނިތައް ބްލެކްލިސްޓު ކުރާނެ އުސޫލެއް ހަދައިފިއެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މިފަދަ އުސޫލެއް ހަދާފައި މިވަނީ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުވާ ބައެއް ކުންފުނިތަކުން މަޝްރޫއުތައް ވަކި ހިސާބަކަށް ކުރިއަށް ގެންދިއުމަށްފަހު ތަފާތު މައްސަލަތައް ކުރިމަތިވެ މަޝްރޫއުތައް މެދުކަނޑާލުމުގެ މައްސަލަތައް އިތުރުވެފައި ވަނިކޮށެވެ.

މިނިސްޓަރު އެ މައުލޫމާތު ހާމަކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ އިންނަމާދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާތާ ހަތަރު އަހަރު ވެފައިވާ ކަމަށާއި އެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ވިދާޅުވެފައެވެ.

ހަސަންޓޭ ވިދާޅުވީ މަސައްކަތް ނުނިމި އެހާ ގިނަ ދުވަސް ވެގެން ދިޔައިރު މިއަދު އެރަށުގައި ތިބީވެސް އެސްޖޭގެ ދެތިން މުވައްޒަފުން ކަމަށާއި މަސައްކަތް ނުނިމި ދިގުލައިގެންދާތީ އިންނަމާދޫގެ ސުލްހަމަސަލަސްކަން ގެއްލެމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ ކުންފުނިތައް ބްލެކްލިސްޓް ކުރެވޭނެ އުސޫލެއް ނެތްތޯ މެންބަރު ވަނީ ސުވާލުކުރައްވާފަ އެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮންޓްރެކްޓަރުންގެ އިހުމާލުން މަސައްކަތް ނުހިނގާ މަޝްރޫއުތަކުގައި، އެ ކޮންޓްރެކްޓަރުން ބްލެކްލިސްޓު ކުރުމަށް އުސޫލެއް މިހާރު އެކުލަވައިލެވިފައިވާ ކަމަށެވެ.

ކުންފުނިތައް ބްލެކް ލިސްޓް ކުރުމުގެ އުސޫލެއް ހެދި ނަމަވެސް އެ އުސޫލު ފިނޭންސް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355