twitterviber whatsapp telegramfacebookyoutube instagram
24th April 2024

ތަސްލީމާގެ ބަދިގެ: ކްރީމީ ވައިޓް ސޯސް ޕާސްތާ

ނަބީލާ އިސްމާޢީލް
Apr 11, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ކްރީމީ ވައިޓް ސޯސް ޕާސްތާ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 ޕެކެޓް ޕާސްތާ (ލޮނު، ތެޔޮ، އަޅާ ކައްކާލާފަ)
  • 4 މ ސަމްސާ ބަޓަރ ނުވަތަ އޮލިވް އޮއިލް
  • 1 ފިޔާ (ކުދިކޮށް ކޮށާފަ)
  • 1 ކެރެޓް (ކުދިކޮށް ކިއުބްކޮށް ކޮށާފަ)
  • 1 ބެލްޕެޕާރ (ކުދިކޮށް ކިއުބްކޮށް ކޮށާފަ)
  • 1/2 ޖޯޑު ޒުވާރި (ސްވީޓް ކޯން)
  • ލޮނު
  • 1ސ ސަމްސާ މުގުރި އަސޭމިރުސް
  • 1 ސ ސަމްސާ ރާޅުކޮށް މުގުރާފަ ހުރި ހިކިމިރުސް
  • 1 ޖޯޑު ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާލާފަ)
  • 4 މޭޒުމަތީ ސަމްސާ ފުއް
  • 2 ޖޯޑު ކިރު
  • 1 ޖޯޑު ޗީޒް (ގާނާފަ)

ތައްޔާރުކުރާނެ ގޮތް:

ތަވަޔަށް 2 ސަމްސާ ބަޓަރ އެޅުމަށްފަހު ފިޔާ، ކެރެޓް، ބެލްޕެޕާރ، ޒުވާރި އަދި ކުކުޅު ކޮޅުއެޅުމަށްފަހު ރަނގަޅަށް ރޯފިލުވާލުމަށްފަހު އަސޭމިރުސް އަދި ހިކި މިރުސްކޮޅު އަޅާލާ ރަހަލާވަރަށް ލޮނުއަޅައިގެން މީރުކޮށްލާށެވެ. ކުކުޅު ކޮޅާއި ތަރުކާރީ ކޮޅާ ކުކުޅު ކޮޅު ރޯފިލުމުން އުނދުން ނިވާލާށެވެ.

ތަންކޮޅެއް ބޮޑު ތަވަޔަކަށް ބަޓަރ ކޮޅުއަޅާ ހޫނުކޮށްލާށެވެ. އެއްފަހު ފުއްކޮޅުއަޅާ ރޯފިލުވާލުމަށްފަހު 2 ޖޯޑު ކިރުއަޅާ ކައްކާލާށެވެ. އެއަށްފަހު ޗީޒް ކޮޅުވެސް އެއްކޮށްލާ ރޯފިލުވާލާފަ ހުރި ތަރުކާރީ ކޮޅާއި ކުކުޅު ކޮޅު އެއްކޮލާ ސޯސްގަނޑު ކައްކާލާށެވެ. އެއަށްފަހު ޕާސްތާކޮޅު ރަނގަޅަށް އެއްކޮށްލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355