twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޕާކިސްތާނުގެ އާ ބޮޑުވަޒީރަކަށް ޝަހްބާޒް ޝަރީފް އިންތިހާބުކޮށްފި

ނަބީލާ އިސްމާޢީލް
Apr 11, 2022

ޕާކިސްތާނުގެ އާ ބޮޑުވަޒީރު ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅު އަދި އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް އިންތިހާބުކޮށްފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް މިއަދު ޝެހްބާޒް ހޮވާފައި ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ 342 މެންބަރުންގެ ތެރެއިން 174 މެންބަރުންގެ ވޯޓުންނެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ބޮޑުވަޒީރު ކަމަށް ޝަހްބާޒް އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި އިމްރާންގެ ހާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ވަކި ކުރިތާ އެއް ދުވަސް ފަހުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ވަކިކޮށްފައި ވަނީ މަޖިލިހުގެ 342 މެންބަރުންގެ ތެރެއިން 174 މެމްބަރުންގެ ވޯޓު ދެއްވައިގެންނެވެ. އިތުބާރު ނެތްކަމަށް ފާސްވާނީ 172 ވޯޓުންނެވެ.

އެއާއެކު ބޮޑުވަޒީރު ޝެހްބާޒް އާ ސަރުކާރެއް އެކުލަވާލައްވާނެއެވެ. އަދި އަންނަ އަހަރުގެ އޮގަސްޓު މަހު އާންމު އިންތިހާބު ބާއްވަންދެން އެ ސަރުކާރު ވެރިކަމުގައި އޮންނާނެއެވެ.

ޝަހްބާޒްއަކީ އެގައުމުގެ އަސްކަރިއްޔާއާ ގާތް ގުޅުންތަކެއް އޮންނަ މީހެކެވެ. ޝަހްބާޒްގެ ހަރަކާތްތައް އެންމެ ފާޅުގައި ފެނިގެން ގޮސްފައިވަނީ އެގައުމުގެ ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރަކަށް އޭނާ ހުންނެވިއިރު، ބެއިޖިން އިން ފަންޑް ކޮށްގެން ހިންގާ މަޝްރޫއުތަކުގައި ވައިނާއާއި އެކު ގާތުން މަސައްކަތް ކުރެއްވި އިރުއެވެ.

މިއަދުގެ ވޯޓުލުން ފެށުމުގެ ކުރިން އިމްރާންގެ ޕާޓީ ކަމަށްވާ ޕާކިސްތާން ތެހްރީކް އިންސާފް ޕާޓީގެ ހުރިހާ މެމްބަރުން ވަނީ ޖަލްސާ ދޫކޮށް ނުކުމެފައެވެ. އެ މެމްބަރުން ވަނީ ގާނޫނު ހަދާ މަޖިލިހުން ވެސް އިސްތިއުފާ ދެއްވާނެ ކަން އިއުލާން ކުރައްވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355