twitterviber whatsapp telegramfacebookyoutube instagram
13th December 2025

އީދާ ދިމާކޮށް މޯލްޑިވިއަނުން މެލޭޝިއާ ދަތުރުތަކެއް ބާއްވަނީ

Apr 14, 2022
1

ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް، އަގުހެޔޮކޮށް މެލޭޝިއާ ދަތުރުތަކެއް ބާއްވަން މޯލްޑިވިއަންއިން ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ އީދާ ދިމާކޮށް ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، ޑިމާންޑު އިތުރުވާ ވަރަކަށް އިތުރު ފްލައިޓުތައް ބާއްވާނެ ކަމަށެވެ.

ފުރަތަމަ ފްލައިޓް މާލެއިން ފުރާނީ، މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 1:20ގައި ކަމަށެވެ. އެ ފްލައިޓު އެނބުރި މާލެ އަންނާނީ، އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ދަތުރުގެ ފެށޭ އަގަކީ، ދެކޮޅު ޓިކެޓަށް 399 ޑޮލަރެވެ. އެއް ފްލައިޓް ބާއްވާނަމަ އޮންނާނީ 200 ޖާގަ ކަމަށާއި، ނަމަވެސް ޑިމާންޑު އިތުރުވެއްޖެ ނަމަ އިތުރު ފްލައިޓުތައް ބާއްވާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު މެލޭޝިއާގެ ބޯޑަރު އަލުން ހުޅުވާލާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355