twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރޮނާލްޑޯގެ ހެޓްރިކާއެކު ޔުނައިޓެޑް ފަސްވަނައަށް، ޓޮޓެންހަމާ އާސެނަލް ބަލިވެއްޖެ

މުޙައްމަދު އަހުމަދު
Apr 17, 2022

ޕްރިމިއާ ލީގުގައި ރޭ ކުރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު ނޯވިޗް ސިޓީ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ ކުރިއަށް ޖެހިލިއިރު އާސެނަލާއި ޓޮޓެންހަމް ރޭ ބަލިވެއްޖެ އެވެ.

ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ރޭ ލީގުގެ ފުލުގައި އޮތް ނޯވިޗް ސިޓީ ބަލިކޮށް ޔުނައިޓެޑް މިވަނީ ލީގު ތާވަލުގެ 5 ވަނައަށް ޖެހިލާފަ އެވެ. ރޭގެ މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3 - 2 ންނެވެ. މިމެޗުގައި ނޯވިޗް ސިޓީގެ ލަނޑުތައް ޖަހައިދިނީ ކިއެރަން ޑޮވެލް އަދި ޕޫކީ އެވެ.

ރޭ ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ހޮޓްސްޕާ ވަނީ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 1 - 0 ގެ ހަނިތަފާތަކުން ބަލިވެފަ އެވެ. މިމެޗުގައި ޓޮޓެންހަމްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ހަމައެކަނި ލަނޑު ބްރައިޓަންއަށް ޖަހައިދިނީ ލެއަންޑްރޯ ޓްރޮސާޑް އެވެ.

ރޭ ކުޅެވުނު އަނެއް މެޗުގައި އާސެނަލް ވަނީ ރަށުން ބޭރުގައި 1 - 0 ގެ ހަނިތަފާތަކުން ސައުތެމްޓަން އަތުން ބަލިވެފަ އެވެ. ރޭގެ މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އާސެނަލްގެ ގިނަ ހަމަލާތަކެއް ސައުތެމްޓަންގެ ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ ހުއްޓުވާފަ އެވެ. ސައުތެމްޓަންގެ ހަމައެކަނި ގޯލު ރޭގެ މެޗުގައި ޖަހައިދިނީ އެޓީމުގެ ޔެޑް ބެޑްނަރެކެވެ.

ރޭގެ މެޗުތަކަށްފަހު ލީގު ތާވަލަށް ބަލާލާއިރު ހަތަރުވަނައިގައި 32 މެޗުން ހޯދި 57 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ފަސް ވަނައިގައި އޮތް 32 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޔުނައިޓެޑް އޮތްއިރު ހަވަނައިގައި އޮތް އާސެނަލަށް ވަނީ 31 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑަށް ލީގުގައި އާސެނަލަށް ވުރެ ކުރި ލިބެނީ ފައިދާ ގޯލުން ވެސް އެއްވަރުވެފައި އޮތުމުން ޖެހި ގޯލަށް ބަލައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355