twitterviber whatsapp telegramfacebookyoutube instagram
19th June 2024

ތަސްލީމާގެ ބަދިގެ: ކުރަންޗީ ޕޮޓޭޓޯ

ނަބީލާ އިސްމާޢީލް
Apr 18, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ކުރަންޗީ ޕޮޓޭޓޯ ތައްޔާރު ކުރާނެ ގޮތެވެ.

ތައްޔާރުކުރާނެ ގޮތް:

  • 3 އަލުވި (ގާނާފަ)
  • 4 މ ސަމްސާ ފުއް
  • 1 ބިސް
  • 1 ފިޔާ (ހިމުންކޮށް ކޮށާފަ)
  • 1 ސ ސަމްސާ ހިކިމިރުސް (ރާޅުކޮށް މުގުރާފަ)
  • ލޮނު (ރަހަލާވަރަށް)
  • 1 ސ ސަމްސާ އަސޭމިރުސް
  • 1 ސ ސަމްސާ ކޯންފުލާރ
  • 1/2 ޖޯޑު ހިކި މަސް (ރާޅުކޮށް މުގުރާފަ)
  • 5 ސ ސަމްސާ ތެޔޮ ( ތެލުލަން)
  • 1 ކޯޅި ހިކަނދިފަތް (ކޮށާފަ)

ތައްޔާރުކުރާނެ ގޮތް:

ހިކަނދިފަތް، ފިޔާ، މިރުސް، އަސޭމިރުސް، ލޮނު، ތައްޓަކަށް އެޅުމަށްފަހު މޮޑެލާށެވެ. އެއަށްފަހު ބިސް، ކޯންފުލާ، އާދައިގެ ފުށް، އަލުވިކޮޅު އަދި މުގުރި މަސް އެއްކޮށްލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. މަސްގަނޑު ހުންނަން ވާނީ ކުޑަކޮށް ތެއްކޮށެވެ. ތަވަޔަށް ތެޔޮ އެޅުމަށްފަހު ސަމުސަލަކުން ފުއްގަނޑުން އެތިކޮޅެއްއަޅާ ފަތުރާލާ މުށިކުލަ އަރަންދެން ތެލުލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355