twitterviber whatsapp telegramfacebookyoutube instagram
12th May 2026

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް 2 ހަފްތާއަށް ސަސްޕެންޑްކޮށްފި

ނަބީލާ އިސްމާޢީލް
Apr 19, 2022
2

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 2 ހަފްތާގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިއްޔެ ބުނީ އޭނާ އުފެއްދި ޖަމިއްޔާއިން ކުޅުދުއްފުށީގައި ހިންގި ހަރަކާތެއްގައި އަލީ އާދަމް ބައިވެރިވި ކަމަށާއި، އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަދި، އެ ހަރަކާތް އިޝްތިހާރުކުރުމަށް އަލީ އާދަމްގެ ފޭސްބުކުގައި ހިއްސާކޮށްފައިވާ ޝުއޫރުތަކަކީ ވެސް ސިޔާސީ ޝުއޫރުތަކެއް ކަމަށް އާންމުން ދެކުމުގެ ފުރުސަތު އެބައޮތްކަމަށް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން، ކޯޓުން ވަރިކޮށްދިން ކައިވެންޏެއް ރުޖޫއަކޮށްދިނުމުގައި ބަލަން ޖެހޭ ވަރަށް ބަލާފައި ނުވުމުގެ މައްސަލައެއް ވެސް އޭނައާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހަޅާފައި ވެއެވެ.

ސުލޫކީ ފިޔަވަޅެއްގެ ގޮތުން ޖޭއެސްސީން ނިންމާފައި ވަނީ މުސާރައާއި އިނާޔާތް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ސަސްޕެންޑު ކުރުމަށެވެ.

މި މުއްދަތުގައި ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް މުޙައްމަދު އިސްމާއީލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355