twitterviber whatsapp telegramfacebookyoutube instagram
6th October 2026

ކުޅުދުއްފުށީގައި އަހަރުގެ ފުރަތަމަ މަހު ކުރި ކައިވެންޏަށްވުރެ ވަރިކުރި އަދަދު އިތުރުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Feb 11, 2025
1

ކުޅުދުއްފުށީގައި އަހަރުގެ ފުރަތަމަ މަހު ކުރި ކައިވެންޏަށްވުރެ ވަރިކުރި އަދަދު އިތުރުވެއްޖެ އެވެ.

ކުޅުދުއްފުށީ ކޯޓުން ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ޖެނުއަރީމަހު އެ ކޯޓްގައި 14 ކައިވެންޏެއް ކުރިއިރު ވަރީގެ ގޮތުގައި 15 ވަރިއެއް ކޮށްފައިވެ އެވެ.

މީގެ އިތުރުން އަނބި ދަރިންގެ ހަރަދުގެ ގޮތުގައި މި ހުސްވި 2024 ވަނަ އަހަރު 4.33 މިލިއަން ރުފިޔާ ނަގައިދީފައިވާއިރު 4.38 މިލިއަން ރުފިޔާ ރައްދުކުރެވުނުކަންވެސް އެ ކޯޓްގެ ތަފާސްހިސާބުތަކުން އެނގެ އެވެ.

މީގެ ތެރެއިން ބައެއް ހަރަދުތައް ނަގައިދީފައިވަނީ ތަންފީޒީ ފިޔަވަޅު އަޅައިގެންކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293