twitterviber whatsapp telegramfacebookyoutube instagram
1st August 2026

ކުޅުދުއްފުށީގައި ވަގުރުކު އެޅި މީހަކު ފަސް މަހަށް ޖަލަށް

މޫސާ އަލީ
Feb 24, 2026
1

ހދ. ކުޅުދުއްފުށީ ގެއަކަށް ވަދެ ވަގުރުކު އެޅި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު 25 ގައި އެ ރަށު އާސްމާން ގެއަށް މީހަކު ވަގަށް ވަދެ ގޯތި ތެރޭ ހުރި ރުކަކުން 26 ކުރުނބާ އެޅި މައްސަލައިގަ އެވެ.

އެ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލި އެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ އެ ދެ ކުށަށް ވެސް އިއުތިރާފްވެފަ އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ވައްކަމުގެ މައްސަލާގައި އޭނާ ތިން މަހާއި 10 ދުވަހަށް ޖަލަށް ލާން އަމުރު ކޮށްފަ އެވެ. އަދި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަތް މައްސަލާގައި އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355