twitterviber whatsapp telegramfacebookyoutube instagram
20th August 2026

ކުޅުދުއްފުށީގެ ހުރިހާ މިސްކިތްތަކެއްގައި މިއަހަރުވެސް ދަމު ނަމާދުކުރާނެ

ނަބީލާ އިސްމާޢީލް
Apr 19, 2022

1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20ވާ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުޅުދުއްފުށީގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ދަމު ނަމާދުކުރާގޮތަށް ހަމަޖައްސާފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

މީގެ ކުރިންވެސް ބައެއް އަހަރު ތަކުގައި ކުޅުދުއްފުށީގެ ހުރިހާ މިސްކިތް ތަކުގައި ރަމަޟާން މަހު ފަހު ދިހައިގައި ދަމުނަމާދުކުރެ އެވެ.

ދަމު ނަމާދުކުރާ މިސްކިތްތަކާއި ވަގުތު:-

  • މަސްޖިދުލް ޙަޟާރަތު - މެންދަމު 02:30
  • މަސްޖިދުލް ހަސަނާތު - މެންދަމު 02:30
  • މަސްޖިދުލް ޖަމާޢަތު - މެންދަމު 02:30
  • މަސްޖިދުލް ނޫރު - މެންދަމު 02:45
  • މަސްޖިދުލް ޢުލާ - މެންދަމު 02:45
  • މަސްޖިދުލް ފިރުދައުސް - މެންދަމު 02:30

މަސްޖިދުލް ނޫރު އަދި މަސްޖިދުލް ޢުލާ މިސްކިތް ފިޔަވާ އެހެން ހުރިހާ މިސްކިތްތަކެއްގައި ދަމުނަމާދު ކުރަން ފަށާނީ މެންދަމު 2:30 ގަ އެވެ. އެ ދެ މިސްކިތުގައި ދަމު ނަމާދުކުރަން ފަށާނީ މެންދަމު 2:45 ގަ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ރޯދަމަހުގެ ފަހު 10 ގައި ޖަމާއަތުގައި ކުރާ ދަމު ނަމާދު ކުރާއިރު އިއުތިކާފަށް އިނުމަކީވެސް ގަދަވެގެންވާ ސުންނަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355