twitterviber whatsapp telegramfacebookyoutube instagram
11th February 2026

ތަސްލީމާގެ ބަދިގެ: ލޮނުމިރުސް ސްޕެގެޓީ

ނަބީލާ އިސްމާޢީލް
Apr 23, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ލޮނުމިރުސް ސްޕެގެޓީ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

  • 1 ޕެކެޓް ސްޕެގެޓީ (ކައްކާފަ)
  • 1 ވަޅޯމަސް (ތުނިކޮށް ކޮށާފަ)
  • 3 ފިޔާ (ތުނިކޮށް ކޮށާފަ)
  • 2 ސ ސަމްސާ ލޮނުމިރުސް
  • ހިކަނދިފަތް
  • 6 ސ ސަމްސާ ޓޮމާޓޯ ޕޭސްޓް
  • 1/2 ޖޯޑު ސްޕެގެޓީ ކެއްކި ފެން
  • 2 ސ ސަމްސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ތަވަޔަށް ތެޔޮ އެޅުމަށްފަހު ފިޔާ، ހިކަނދިފަތް އަޅާ ފިޔާކޮޅު ރަނގަޅަށް މޯޅިވުމުން ވަޅޯމަސް އަޅާލާށެވެ. ފިޔާ ކޮޅަށް މުށިކުލަ އެރުމުން ލޮނުމިރުސް އަދި ޓޮމާޓޯ ޕޭސްޓް އަޅާ، ސްޕެގެޓީ މަޑުކުރި ތަނުން ނެގި ފެންފޮދު އަޅާލާ ރަނގަޅަށް އެއްކޮށްލާ ލޮނުމިރުސްގަނޑު ރޯފިލަންދެން ކައްކާލާށެވެ. އެއަށްފަހު ސްޕެގެޓީ އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355