twitterviber whatsapp telegramfacebookyoutube instagram
10th October 2026

ތަސްލީމާގެ ބަދިގެ: ބުރެޑް ޑޯނަޓް

ނަބީލާ އިސްމާޢީލް
Apr 23, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ބުރެޑް ޑޯނަޓް ތައްޔާރުކުރާނެ ގޮތެވެ. މިއީ ކުޑަކުދިންވެސް ވަރަށް ގަޔާވާ، ތައްޔާރުކޮށްލަން ފަސޭހަ މީރު ފޮނި އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

  • 6 ފޮތި ޕާން
  • 6 ސ ސަމްސާ ޗޮކްލެޓް ކުރަންޕީ
  • 1/2 ޖޯޑު ފުއް
  • 1 ސ ސަމްސާ ބަޓަރ
  • 1/2 ސ ސަމްސާ ބޭކިން ޕައުޑަރ
  • 1 ބިސް
  • 1 ސ ސަމްސާ ވެނީލާ އެސެންސް
  • ފެން
  • 1 ސ ސަމްސާ ހަކުރު

ތައްޔާރުކުރާނެ ގޮތް:

ޕާންފޮތި ތަކުގައި ކްރަންޕީ ހާކާފައި ސޭންޑްވިޗް ގޮތަށް ދެފަޅި ތަތްކޮށްލާށެވެ. ދެން ހަތަރެސްކަންވާ ގޮތަށް 4 ފަޅިއަށް ފަޅާލާށެވެ. މިކްސްޗަރ އަށް ބޭކިން ޕައުޑަރ، ފުއް، ހަކުރު، އެސެންސް، ބިސް، އަދި ފެން އަޅާ އޮލަކޮށް ހުންނަވަރަށް ރަނގަޅަށް ގިރާލާފަ ތައްޓަކަށް އަޅާލާށެވެ. އެއަށްފަހު ކްރަންޕީ ޖެހި ސޭންޑްވިޗްތައް މިފުއްގަނޑަށް ލުމަންފަހު މުށިކުލަ އަންނަންދެން ތެލުލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293