twitterviber whatsapp telegramfacebookyoutube instagram
21st September 2026

ފިތުރު އީދު ދުވަހަކީ ހޯމަ ދުވަސްކަމަށް ކަނޑައަޅައިފި

Apr 30, 2022

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ. އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައި ނުވާތީ އެވެ.

ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިއަދުގެ އިރުއޮއްސުނު ވަގުތު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެހެން އެއްވެސް ގައުމަކަށް ވެސް މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293