twitterviber whatsapp telegramfacebookyoutube instagram
23rd June 2026

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މިއަހަރުވެސް އޮންނާނެ

ނަބީލާ އިސްމާޢީލް
Apr 16, 2023
2

އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ކުޅުދުއްފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ޒޯން ސްޓޭޑިއަމްގައިކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ ބޮޑު ޖަމާއަތުގައި ނަމާދުކުރަން ފެށޭނީ ހެނދުނު 7.30 ގައި ކަމަށާއި ތަކުބީރު ފެށޭނީ 6:30 ގައި ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ހުރިހާ މިސްކިތެއްގައިވެސް އީދު ނަމާދުކުރާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. އެގޮތުން މަސްޖިދުލް ޙަޟާރާތާއި ހަސަނާތު، މަސްޖިދު މުހައްމަދު އަދި ނޫރު މިސްކިތަކާއި ޖަމާއަތުގެ މިސްކިތުގެ އިތުރުން މަސްޖިދުލް ފިރުދައުސްގައި އީދު ނަމާދުކުރާނެ އެވެ.

ރަސޫލާ ﷺގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355