twitterviber whatsapp telegramfacebookyoutube instagram
17th May 2026

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މިއަހަރުވެސް ސްޓޭޑިއަމްގައި

Jun 15, 2024

އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ކުޅުދުއްފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ޒޯން ސްޓޭޑިއަމްގައިކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ބުނީ، މިއަހަރު ބޮޑު ޖަމާއަތުގައި ނަމާދުކުރަން ފެށޭނީ ހެނދުނު 7:00 ގައި ކަމަށެވެ. ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރައްވަނީ އައްޝައިހް ރޫހުލް އަމީން އަބުދުﷲ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ހުރިހާ މިސްކިތެއްގައިވެސް އީދު ނަމާދުކުރާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. އެގޮތުން މަސްޖިދުލް ޙަޟާރާތާއި ހަސަނާތު، މަސްޖިދު މުހައްމަދު އަދި ނޫރު މިސްކިތަކާއި ޖަމާއަތުގެ މިސްކިތުގެ އިތުރުން މަސްޖިދުލް ފިރުދައުސްގައި އީދު ނަމާދުކުރާނެ އެވެ.

ރަސޫލާ ﷺގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355