twitterviber whatsapp telegramfacebookyoutube instagram
8th May 2026

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މިއަހަރުވެސް އޮންނާނެ

Jun 27, 2023

އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ކުޅުދުއްފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ޒޯން ސްޓޭޑިއަމްގައިކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އެކަމަކު ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މޫސުމް ތަންދޭނަމަ އެވެ.

ސިޓީ ކައުންސިލުން ބުނީ، ބޮޑު ޖަމާއަތުގައި ނަމާދުކުރަން ފެށޭނީ ހެނދުނު 7.30 ގައި ކަމަށާއި ތަކުބީރު ފެށޭނީ 6:30 ގައި ކަމަށެވެ. ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރައްވަނީ އައްޝައިހް ރޫހުލް އަމީން އަބުދުﷲ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ހުރިހާ މިސްކިތެއްގައިވެސް އީދު ނަމާދުކުރާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. އެގޮތުން މަސްޖިދުލް ޙަޟާރާތާއި ހަސަނާތު، މަސްޖިދު މުހައްމަދު އަދި ނޫރު މިސްކިތަކާއި ޖަމާއަތުގެ މިސްކިތުގެ އިތުރުން މަސްޖިދުލް ފިރުދައުސްގައި އީދު ނަމާދުކުރާނެ އެވެ.

ރަސޫލާ ﷺގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355