twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތަސްލީމާގެ ބަދިގެ: ޗިކަން މަންޗޫރިއަން

May 1, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ޗިކަން މަންޗޫރިއަން ތައްޔާރު ކުރާނެ ގޮތެވެ. މިއީ ވަރަށް މީރު ސައިޑް ޑިސްއެކެވެ.

ބޭނުންވާނެ ތަކެތި:

  • 2 ޖޯޑު ބޯންލެސް ކުކުޅު (ކިއުބްކޮށް ކޮށާފަ)
  • 1 ޖޯޑު ބެލްޕެޕާރ (ކިއުބްކޮށް ކޮށާފަ / 2 ކުލަ ބެލްޕެޕާރ)
  • 1 ފިޔާ (ބޮޑެތިކޮށް ކިއުބްކޮށް ކޮށާފަ)
  • 1 ސ ސަމްސާ ލޮނުމެދު (ހިމުންކޮށް ކޮށާފަ)
  • ލޮނު
  • 3 ބިހުގެ ހުދުބައި
  • 3 ސަމްސާ ކޯންފުލާ
  • ފެން
  • 2 ސ ސަމްސާ އޮއިސްޓަރ ސޯސް
  • 1/2 ސ ސަމްސާ ހަކުރު
  • 2 ސ ސަމްސާ ސޯޔާ ސޯސް
  • 1 ސ ސަމްސާ ވިނެގަރ
  • 1 ކެރެޓް (ފޮތިކޮށް ކޮށާފަ)
  • 1/2 ސ ސަމްސާ އަސޭމިރުސް
  • ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ކުކުޅުކޮޅު ތެރެއަށް ބިހުގެ ހުދުބައި، ލޮނު އަދި ކޯން ފުލާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މުރަނަވެލަންދެން ތެލުލާށެވެ. ތަވަޔަށް ތެޔޮފޮދެއް އެޅުމަށްފަހު ފިިޔާ، ބެލްޕެޕާރ، ކެރެޓް އަދި ލޮނުމެދު އެޅުމަށްފަހު ހަނާކޮށްލާށެވެ. އެއަށްފަހު އަސޭމިރުސް، ލޮނު، ސޯޔާސޯސް، ހަކުރު އަދި އޮއިސްޓަރ ސޯސް، ވިނިގަރ އަޅާ އެއްކޮށްލާށެވެ. ދެން ކުޑަ ކޯންފުލާ ކޮޅެއް ފެންފޮދެއްގައި ގިރުވާލާފައި އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުކޮޅު އަޅާ 5 ވަރަކަށް މިނެޓްވަންދެން ކައްކާލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355