twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކަސްޓަމްސްގެ 20 އޮފިސަރަކަށް އިންޑިއާގައި ތަމްރީން ދެނީ

May 7, 2022

އިންޑިއާގެ މުމްބާއީގައި ހުންނަ އެންއޭސީއައިއެންގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ތަޖުރިބާ ދަތުރެއްގައި މޯލްޑިވްސް ކަސްޓަމްސްގެ 20 ސުޕްވައިޒަރީ- ލެވެލް އޮފިސަރުން އިންޑިއާ އަށް ފޮނުވަން ނިންމައިފިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ކަސްޓަމަސްގެ އޮފިސަރުންނާ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ ހައި ކޮމިޝަނުން ވަނީ ބައްދަލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުﷲ ޝަރީފް، ވަނީ ހިދްމަތުގެ ފެންވަރު ރަނގަޅުކޮށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށް ދިިނުމަށް މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވައިފައެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު 2019 ވަނަ އަހަރު ރާއްޖެ ވަޑައިގެން ކަސްޓަމްސްގެ ދާއިރާއިން ގާބިލްކަން އިތުރު ކުރުމަށް ސޮއި ކުރެވުނު އެމްއޯޔޫ ގެ ދަށުން ހަމަޖެހިފައިވާ ދަތުރެކެވެ.

މި އެމްއޯޔޫ ތަންފީޒުކުރެވިގެން ދަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިޝަލުންގެ އެކި ބެޗްތައް އިންޑިއާގެ ސެންޓްރަލް ބޯރޑް އޮފް އިންޑައިރެކްޓް ޓެކްސް އަދި ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްްސް، އިންޑައިރެކްޓް ޓެކްސް އަދި ނަރކޮޓިކްސްގައި ތަމްރީންދީގެންނެވެ.

މިހާތަނަށް 80 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިއާގައި ތަމްރީންކުރެވިފައެވެ. ކޮވިޑް-19 ބަލިމަޑު ކަމުގެ ތެރޭގައިވެސް އޮންލައިން ތަމްރީން ޕްރޮގްރާމްތައްވަނީ ހިންގައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355