twitterviber whatsapp telegramfacebookyoutube instagram
21st August 2026

ކުޅުދުއްފުށީ ކަސްޓަމްސް އޮފީހުގެ އޭސީތައް ހަލާކުވެ ނުހެދި ހުންނަތާ ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 23, 2024
6

ކުޅުދުއްފުށީގައި ހުންނަ ކަސްޓަމްސްގެ ނޯތު ރީޖަންގެ އޮފީހުގެ ބައެއް އެއާކޮންޑިޝަންތައް މައްސަލަ ޖެހި، މުވައްޒަފުން ހޫނުގައި މަސައްކަތްކުރާތާ ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ގިނަ އަދަދެއްގެ ކަސްޓަމްސް މުވައްޒަފުން މަސައްކަތްކުރާ އެ އޮފީހުގެ ދެ ފްލޯއެއްގެ އޭސީތައް ހަލާކުވެފައިވާއިރު އެ ތަކެތި މަރާމާތުނުކުރެވިވަނީ ބަޖެޓް ނެތުމުންކަމަށް އިތުބާރުހުރި ފަރާތްތަކުން މައުލޫމާތުދެ އެވެ.

އެގޮތުން ގްރައުންޑް ފްލޯގެ އޮފީސް ބަޔާއި ފަސްޓް ފްލޯގެ ހޯލާއި ސަޕޯޓް ސެންޓަރުގައިވެސް އޭސީ ހުރީ މައްސަލަ ޖެހިފަ އެވެ.

އެހެންވުމުން މުވައްޒަފުން ހޫނުގައި މަސައްކަތްކުރާތާ މިހާރު ގާތްގަނޑަކަށް ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެތަނަށް ވައި ވައްދާ ފިނިކުރުމަށްޓަކާ ކުޑަދޮރުތައް ހުޅުވައި ލަކުނޑި ފަތި ޖައްސާފަ ހުރެ އެވެ.

މީގެ އިތުރުން ދެން ފިނިކުރުމަށްޓަކާ އެ ހުރިހާތާކު ބޭނުންކުރަނީ ތިން ސްޓޭންޑް ފަންކަލެވެ. މިކަމާ ގުޅިގެން ކަސްޓަމްސްގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355