twitterviber whatsapp telegramfacebookyoutube instagram
5th July 2024

ކަސްޓަމްސްގެ ޑިއުޓީ މައާފުވާ މިންވަރު 10،000 ރުފިޔާއަށް މަތިކޮށްފި

Jul 1, 2024

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު މިއަދުން ފެށިގެން 10،000 އަށް މަތިކޮށްފި އެވެ. މީގެ ކުރިން ކަނޑައަޅާފައިވަނީ 6000 ރުފިޔާ އެވެ.

ކަސްޓަމްސްއިން އާންމުކުރި ލިޔުމުގައި ވަނީ ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މައާފުވާ މިންވަރު މިއަދުން ފެށިގެން 10،000 ރުފިޔާކަމަށް ކަނޑައަޅާފައިވާކަމަށެވެ.

އަދި ކަސްޓަމްސްއިން ކަނޑައަޅާ ފްރީ އޮން ބޯޑް ނުވަތަ އެފްއޯބީ އަގު 10،000 ރުފިޔާއަށްވުރެ ބޮޑުނަމަ ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ގުޑްސް ޑިކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެކަމަށެވެ.

އެފްއޯބީގެ އަގު 10،000 ރުފިޔާއަށްވުރެ ކުޑަ ނަމަވެސް އެތަކެތީގެ ބާވަތާއި، އަދަދާއި، އަގާއި ގެންނަ ނިސްބަތަށް ބަލާއިރު އެއީ އަމިއްލަ ކުދިކުދި ބެނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތިނަމަ ގުޑްސް ޑެކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި، އޭގެ ޑިއުޓީވެސް ނަގާނެކަމަށް އުސޫލުގައިވެއެވެ.

ޕޯސްޓުގެ މަގުން ގެންނަ ތަކެތީގައި، ކޮންމެ ޓްރެކިން ނަންބަރެއް ބެލެވޭނީ ވަކި ޝިޕްމަންޓެއްގެ ގޮތުގައެވެ. އަދި އެއް ޕޯސްޓް ބޭގެއްގައި އެކަކުގެ ނަމުގައި ގެނެސްފައި ހުންނަ ތަކެތިވެސް ބަލާނީއެއް ޝިޕްމަންޓެއްގެ ގޮތުގައިކަމަށް އުސޫލުގައިވެއެވެ.

ޑޮކްޓަރެއްގެ ބޭސް ސިޓީއާއެކު ގިނަވެގެން 6 މަސްދުވަހަށް ގެންނަ ބޭހުން އަގަށް ރިއާޔަތްކުރުމެއްނެތި ދޫކުރާނެކަމާއި މީގެ އިތުރަށް ކޮމާޝަލް ވެލިއު ނުހުންނަ ލިޔުންތަކާއި ޑޮކިއުމަންޓްސް، ޕޯސްޓްކާޑް ނުވަތަ އިލެކްޓްރޯނިކް މީޑިއާގައި ހުންނަ އެކި ބާވަތްތަކުގެ ލިޔެކިޔުމާއި ޑޮކިއުމަންޓްތަފަދަ ތަކެތިން ޑިއުޓީ މައާފުކޮށް ދޫކުރާނެކަމަށް އުސޫލުގައިވެއެވެ.

އަދި އާންމުކޮށް ހިލޭ ބެހުމަށް ގެންނަ އެކި ބާވަތްތަކުގެ ލީފްލެޓް، ބްރޯޝަރ، ޕޯސްޓަރ ފަދަ ތެކެތިންވެސް ޑިއުޓީ މައާފްކޮށްފައިވެއެވެ. މި އުސޫލުގައި ވާގޮތުން ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީގެ އަގު 50 ޑޮލަރަށްވުރެ ބޮޑުނަމަ އެއީ ސާމްޕަލްކަން ދޭހަވާގޮތަށް ފާހަގަޖަހާފައި ހުންނާނެކަމަށް ބުނެފައިވެއެވެ.

މި އުސޫލުގައި ޑިއުޓީ އިނާޔަތްދިނުން އިސްތިސްނާވާ ތަކެތީގެ ލިސްޓެއްވެސް ހިމަނާފައިވެއެވެ. އޭގެތެރޭގައި ޕްލާސްޓިކްގެ ބައެއް ބާވަތްތަކާއި، އެނާޖީ ޑްރިންކާއި، މޮޓޯ ސައިކަލާއި އޮޓޯ ސައިކަލުގެ އިތުރުން އެއްގަމުގައި ދުއްވާ 4 ފުރޮޅުލީ އުޅަނދު ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355