މީސްމީޑިއާގައި މިހާރު ދައުރު ވަނީ ބޭންކެއްގެ ބޭނުމަށް އިޖުރާއަތްތައް ފުރިހަމަކޮށްގެން އެތެރެކުރި ޑޮލަރުތަކެއްގެ ވީޑިއޯއެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއިން ފެންނަނީ ޑޮލަރު އަޅާފައިވާ ފޮއްޓަކުން، އެ ޑޮލަރުތައް ނަގާ ކަސްޓަމްސްގެ މުޢައްޒަފަކު ޗެކް ކުރަމުންދާ މަންޒަރެވެ. އެ ވީޑިއޯ ޕޯސްޓްކޮށް ސޯޝަލް މީޑިއާގައި ހަބަރު ފަތުރާފައިވަނީ، އެ ޑޮލަރަކީ އަވަށްޓެރި ޤައުމަކުން ނުގަވާއިދުން އެތެރެކޮށްފައިވާ ފައިސާކަމަށް ބުނެއެވެ.
މިފަދަ ވީޑިއޯތައް އާންމުންނަށް އޮޅޭނެހެން އެކި ގޮތްގޮތަށް ޝާއިއުކުރުމުގެ ކުރިން ކަސްޓަމްސްއިން ވެރިފައިކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކުރަމެވެ.
— Maldives Customs Service (@CustomsMv) September 2, 2023
ކަސްޓަމްސްގެ އިން ބުނީ އެ ޑޮލަރުތަކަކީ ބޭންކެއްގެ ބޭނުމަށް، އިޖުރާއަތްތައް ފުރިހަމަކޮށް އެތެރެކޮށްފައިވާ ޑޮލަރުތަކެއް ކަމަށެވެ. އަދި ކަސްޓަމްސްއިން ޑިކްލެއަރކޮށްފައިވަނީވެސް އަމަލުކުރަން އޮންނަ އުސޫލުންކަމަށާއި މިއީ އަބަދުވެސް ބޭންކުތަކުން ޢަމަލުކުރަން އަންނަ އުސޫލުކަމަށްވެސް ކަސްޓަމްސްއިން ބުނެ އެވެ.
އަދި އެ ފަދަ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ގޮތްގޮތަށް ޝާއިހު ކުރުމުގެ ކުރިން ކަސްޓަމްސް އިން ވެރިފައި ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެހެން ނަމަވެސް އެއީ ކޮން ބޭންކެއްގެ ބޭނުމަކަށް، ކޮން ގައުމަކުން އެތެރެކުރި ޑޮލަރެއް ކަމެއް ކަސްޓަމުން ހާމަކޮށްފައެއް ނުވެއެވެ.