twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖެ އެތެރެކުރި ކިލޯއަށްވުރެ ގިނަ ޑުރަގު އަތުލައިފި

ނަބީލާ އިސްމާޢީލް
May 8, 2022

ކޮރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ ކޮރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު، ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް ފެނިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ ޕާރުސަލްގެ ތެރެއިން ފެނުނު އެ ތަކެތި އެންމެ ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ "މެތްއެމްފެޓަމިން"އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މި މައްސަލައިގައި އަތުލައިގެނެވުނު، މަސްތުވާތަކެތީގެ ބަރުދަނުގައި މުޅި ޖުމްލަ 1.363 ކިލޯ ހުރިއިރު، އެ ތަކެތީގެ މަގުމަތީގެ އަގު ފަސް ލައްކަ ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލު ކޮށްފައެވެ.

މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ބާވަތްތައް ރާއްޖެއަށް ތައާރަފުވެ، އެ ތަކެތީގައި ޖެހޭ ޒުވާނުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެއެވެ. މީގެ ތެރޭގައި ޕާޓީ ޑްރަގްސްގެ އެކި ވައްތަރުތައް ވެސް ހިމެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މަޖާކުރުމުގެ ނަމުގައި ހިންގާ އެކި ހަރަކާތްތަކުގެ ތެރޭގައި ޕާޓީ ޑްރަގްސް ބޭނުން ކުރުން ޒުވާނުންގެ ތެރޭގައި މިހާރު ވަނީ އާންމު ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355