twitterviber whatsapp telegramfacebookyoutube instagram
30th July 2026

ކުޅުދުއްފުށީގައި ފުލުހުން ހިފަހައްޓާފައި ހުރި ބޮގަރާއި ބަނގުރާފުޅިތަކެއް ނައްތާލައިފި

އަބްދުލް ވާހިދު ޙަސަން
May 13, 2025

ކުޅުދުއްފުށިން ހިފަހައްޓާފައި ހުރި ބަނގުރާ ފުޅި އާއި ބޮގަރު ހަންތަކެއް ފުލުހުން ނައްތާލައިފި އެވެ. މި ބަނގުރާ ފުޅިތައް ނައްތާލާފައިވަނީ މިއަދު މެންދުރުފަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އެވެ.

މިއަދު ނައްތާލި ބަނގުރަލަކީ ކުޅުދުއްފުށީ އެއާޕޯޓުން ފުރަންދާ ޓޫރިސްޓްގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެކެވެ. އަދި ބޮގަރު ހަންތަކަކީ ކުޅުދުއްފުށީގައި ފުލުހުންގެ ހިންގި އެކި އޮޕަރޭޝަންތަކުގައި އަތުލައިގަންފައިވާ ތަކެއްޗެވެ.

މިއަދު ނައްތާލައިފައިވަނީ 2024 ވަނަ އަހަރުގެ މެއިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މިއަހަރު މިހާތަނަށް ކުޅުދުއްފުށީ އެއާޕޯޓުން ހިފަހައްޓާފައިވާ ބަނގުރަލުގެ ބާވާތްތަކުގެ ތެރެއިން ތެރެއިން މައްސަލަ ނިމިފައި ހުރި ބައެވެ. ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 34 ރާ ފުޅި އާއި އެއް ބިޔަރު ދަޅެވެ.

ނައްތާލި ބޮގަރު ހަންތަކުގެ ތެރޭގައި ހިމެނެނީ 20 ލީޓަރުގެ ހަމަކާއި 18 ލީޓަރުގެ 7 ހަމާއި 5 ލީޓަރުގެ ތިން ހަމެވެ.

ނޫސްވެރިންގެ ހާޒިރުގައި މިތަކެތި ނައްތާލިއިރު ސިޓީ ކޮމާންޑަރ ސުޕުރިންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355