ކުޅުދުއްފުށީގައި ވައްކަންކުރުން އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ކުޅުދުއްފުށީ ސިޓީ ފުލުހުން އިލްތިމާސްކޮށްފި އެވެ.
ކުޅުދުއްފުށީ ފުލުހުން އާންމުކުރި ޕޯސްޓެއްގައި ބުނީ، ކުޅުދުއްފުށީގައި ވައްކަން ކުރުން އިތުރުވަމުންދާ ކަމަށެވެ. އަދި އެކަމަށް އާންމު ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
ފުލުހުން ބުނީ، ވަގަށް ނަގާފައިވާ މުދަލެއްކަން އެނގި ހުރެ ނުވަތަ ވަގަށް ނަގާފައިވާ މުދަލެއްކަމަށް ޝައްކުކުރެވޭ ހާލަތެއްގައި ހުރެ އެ މުދަލެއް ހޯދުން ނުވަތަ އޭގެ މުއާމަލާތެއް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށެވެ.
އަދި ވަގަށް ނަގާފައިވާ މުދާ ބަލައިގަތުމަކީ ވައްކަން ކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށާއި ވަގަށް ނަގާފައިވާ މުދަލެއް ވިއްކަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެނަމަ ފުލުހަށް ވަރަށް ރިޕޯޓްކުރުމަށް އެފަރާތުން އެދެ އެވެ.