twitterviber whatsapp telegramfacebookyoutube instagram
22nd May 2026

ކުޅުދުއްފުށީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވައްކަންކޮށްފި

އަބްދުލް ވާހިދު ޙަސަން
Jun 14, 2024

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ރޭ ފަޅާލައި ވައްކަންކޮށްފި އެވެ. އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ މުހައްމަދު އަލީގެ މި ކްލިނިކަކީ ހަފުތާ ބަންދުތަކުގައި ގިނަ ބަޔަކު ހިދުމަތް ހޯދާ ކުލިނިކެކެވެ.

ކްލިނިކް ފަޅާލާފައިވާކަން އެނގުނީ މިއަދު ހެނދުނު އެތަން ހުޅުވަން މުވައްޒަފުން ދިޔުމުންނެވެ. ވަގު ވަދެފައިވަނީ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ.

ކްލިނިކުން ބުނީ، އެތަނުގައި ބޭނުންކުރާ ދެ މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނައި ދެ ޔޫޕީއެސް ވަގަށް ގެންގޮސްފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އިތުރު އެއްޗެއް ވަގަށް ގެންގޮސްފައިވާކަން ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް ކްލިނިކުން މައުލޫމާތުދެ އެވެ. ފޯނު ވަގަން ނަގާފައިވުމުގެ ސަބަބުން އެ ނަމްބަރު ހޯދެންދެން ރަސްމީ ފޯނުގެ ނަމްބަރުގެ ގޮތުގައި ބޭނުންކުރަމުންގެންދާނީ 9777184 ނަމްބަރުކަމަށްވެސް އެ ކްލިނިކުން މައުލޫމާތު އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355