twitterviber whatsapp telegramfacebookyoutube instagram
7th April 2025

ކުޑަކުއްޖަކު ވަގަށް ނެގި ސައިކަލެއް 20 މިނެޓްތެރޭގައި ހޯދައި ހަވާލުކޮށްދީފި

އަބްދުލް ވާހިދު ޙަސަން
Apr 6, 2025
5

18 އަހަރުނުވާ ކުއްޖަކު ވަގަށް ނެގި ސައިކަލެއް 20 މިނިޓްތެރޭގައި ފުލުހުން ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީ 'ބަރާބަރު' ފިހާރަ ކައިރީގައި ބަހައްޓާފައިހުރި މި ސައިކަލް ވަގަށް ނެގީ ރޭގެ ދަންވަރު 1 ޖަހާއެހާއިރު އެވެ.

ސައިކަލް ވަގަށް ނެގިކަން ވެރިފަރާތަށް އެނގުނީ މިއަދު ހެނދުނުވިފަހުން، ސައިކަލްގައި ތަނަކަށްދާ ބެލިއިރު އެ ނެތުމުންނެވެ. އެހެންވެ ކެމެރާ ބެލިއިރު ސައިކަލް ވަގަށް ނެގި މަންޒަރު ރިކޯޑްވެފައިވެ އެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރިތާ 20 މިނިޓްގެ ތެރޭގައި ފުލުހުން ވަނީ ސައިކަލް ހޯދައި ވެރިފަރާތާ ހަވާލުކޮށްދީފަ އެވެ. ފުލުހުންގެ މަސައްކަތް ފާހަގަކޮށް ސައިކަލްގެ ވެރިފަރާތުން ވަނީ ފުލުހުންނަށް ޝުކުރުއަދާކޮށް ސޯޝަލް މީޑީއާގައި އެވާހަކަ ހިއްސާކޮށްފަ އެވެ.

ސައިކަލް ވަގަށް ނެގީ 18 އަހަރުނުވާ ކުޑަ ފިރިހެން ކުއްޖެކެވެ. މި ސައިކަލް ވަގަށް ނެގި މަންޒަރު ފެންނަ ވީޑީއޯއެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

މީގެ ކުރިންވެސް މި ކުއްޖާގެ މިފަދަ ގިނަ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީއަށާއި ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355