ކުޑަކުދިން ހެދިބޮޑުވާ މާހައުލަކީ އެކުއްޖާއަށް ރައްކާތެރި މާހައުލެއްތޯ ޔަގީން ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އެ ކުދިން ހެދިބޮޑުވަމުން އަންނަ މާހައުލަކީ ހުރިހާ ގޮތަކުން ރައްކާތެރި، އަދި އެކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ލިބޭ މާހައުލެއްތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ. އަދި ކުދިން ހެދިބޮޑުވާ މާހައުލުގައި ރައްކާތެރިކަމާއި ލޯބި ގާއިމް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
As we celebrate Children’s Day in Maldives today, we must do all we can to ensure that every child is provided a safe, nurturing and loving environment to grow up in.
— Ibrahim Mohamed Solih (@ibusolih) May 10, 2022
Our children are our future. We must cherish and protect them. Happy Children's Day! #ChildrensDay
ރައީސް ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލް ކަމަށާއި، އެހެން ކަމުން އެކުދިންގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި އެކުދިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.
ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ 10 ގައެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ސްކޫލްތަކުގައި އާއި އެކި އެކި ޖަމިއްޔާތަކުން ފާހަގަކުރެއެވެ.