twitterviber whatsapp telegramfacebookyoutube instagram
9th July 2025

ކުޅުދުއްފުށީ އެއާޕޯޓް ފެންސުން ބޮޑުބައެއް ވެއްޓިއްޖެ

ޚަދީޖާ އާދަމް
May 14, 2022
2

ގަދަ ވަޔާއެކު ކުޅުދުއްފުށީ އެއާޕޯޓުގައި ޖަހާފައިވާ ފެންސުގެ ބޮޑުބައެއް ވެއްޓިއްޖެ އެވެ. ފެންސް ވެއްޓިފައިވަނީ މިއަދު މެންދުރުއައި ކޮޅިގަނޑުގަ އެވެ.

އެގޮތުން އެއާޕޯޓުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ފެންސުގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ. ފެންސު ނެގުމަށް އަދި އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އުތުރާ މެދުރާއްޖޭތެރެއަށް ކުރިއަށް އޮތް ހަފްތާވެސް މޫސުން ގޯސްވާނެކަން މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވާއިރު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355