twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވެސްޓްހަމާ އެއްވަރުވެ ލީގު ރޭހުގައި ސިޓީ ޕްރެޝަރަށް، ޓޮޓެންހަމް ހަތަރަކަށް!

މުޙައްމަދު އަހުމަދު
May 16, 2022

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާ އެއްވަރުވެ މެންޗެސްޓާ ސިޓީ ލީގު ރޭހުގައި ޕްރެޝަރާ ކުރިމަތިލާން ޖެހުނުއިރު 1 - 0 ން ބާންލީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ ހަތަރުވަނައަށް ޖެހިިލައިފި އެވެ.

ރޭ 2 - 2 ން ވެސްޓްހޭމް އާއި ސިޓީ އެއްވަރުވިއިރު މިވަގުތު ލީގު އެއްވަނައިގައި އޮތީ 37 މެޗުން ހޯދި 90 ޕޮއިންޓާއެކު ސިޓީ އެވެ. ރޭގެ މެޗުން ސިޓީ އެއްވަރުވުމުން ލީގު ހޯދަން ލިވަޕޫލަށް މިވަނީ އިތުރަށް ފަސޭހަވެފަ އެވެ. ލީގުގެ ދެވަނައިގައި މިވަގުތު 36 މެޗުން ހޯދި 86 ޕޮއިންޓާއެކު އޮތީ ލިވަޕޫލެވެ.

އަންނަ އަންގާރަދުވަހު ސައުތެމްޓަންއާ ދެކޮޅަށް ލިވަޕޫލުން ނުކުންނަން ޖެހޭއިރު އެމެޗުން މޮޅުވެގެން ލިވަޕޫލަށް ސިޓީއާ އެއް ޕޮއިންޓް ގާތަށް ޖެހިލެވޭނެ އެވެ. އޭރުން ޕްރިމިއާ ލީގުގެ ފަހު މެޗުތަކުގައި ދެ ޓީމަށް ވެސް ލީގު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. ލީގުގެ ފަހު މެޗުތަކުގައި ލިވަޕޫލުން ވުލްވުސްއާ ދެކޮޅަށް ނުކުންނައިރު ސިޓީ ނުކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ.

ލީގުގެ ތިންވަނައިގައި ޗެލްސީ 36 މެޗުން ލިބުނު 70 ޕޮއިންޓާއެކު އޮތްއިރު ހަތަރުވަނައިގައި އޮތް ޓޮޓެންހަމަށް 37 މެޗުން ލިބިފައިވަނީ 68 ޕޮއިންޓް އެވެ. ރޭގެ މެޗުގައި 1 - 0 ޓޮޓެންހަމް މޮޅުވިއިރު އެޓީމުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މިއީ ބާންލީ ކުޅުންތެރިޔަކު އަތުގައި ބޯޅަ ޖެހުމުން ޓޮޓެންހަމަށް ލިބުނު ޕެނަލްޓީ އެކެވެ.

ރޭގެ އަނެއް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސްޓްހޭމުންނެވެ. ޕަބްލޯ ފޯނާލްސް ދިން ބޯޅައަކުން ފުރަތަމަ ލަނޑު ޖަހައިދިނީ ބޮވެން އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޮވެން ވަނީ ވެސްޓްހޭމްއަށް ލީޑު ފުޅާކޮށްދީފަ އެވެ. ދެވަނަ ހާފް ފަށައިގެން ހަތަރު މިނެޓް ތެރޭ ސިޓީގެ ޖެކް ގްރީލިޝް ވަނީ އެޓީމަށް މެޗުގައި ފަރަގު ކުޑަކޮށްދީފަ އެވެ. ސިޓީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 69 ވަނަ މިނެޓްގައި ވެސްޓްހޭމްގެ ވްލަޑިމީރް ސޫފާލް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ރޭ ދެކުޅެވުނު މެޗުތަކުގައި އެސްޓަން ވިލާއާއި ކްރިސްޓަލް ޕެލަސް ވަނީ 1 - 1 ން އެއްވަރުވީއިރު ލީޑްސް ޔުނައިޓެޑާ ބްރައިޓަންއާ ބައްދަލުކުރި މެޗު ވެސް ވަނީ 1 - 1 ން އެއްވަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355