twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެމްޓީސީސީން 120 ދިވެހި މަސައްކަތްތެރިން ހޯދަނީ

May 16, 2022

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) އިމާރާތް ކުރުމުގެ ދާއިރާއަށް 120 ދިވެހި މަސައްކަތުމީހުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެމްޓީސީސީއިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ކުންފުނީގައި ކޮންސްޓްރަކްޝަން ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ދިވެހި މުވައްޒަފުން ހޯދުމަށް ވަރަށް އަވަހަށްބޭނުންވާ ކަމަށެވެ. އެ މަގާމަށް ހޯދަމުންދަނީ 120 މީހުން ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އެ މީހުން ވަޒީފާއަށް ނަގާނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށް ކަމަށާއި ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހުގައި ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އިއުލާނުގައި ބުނެފައިވަނީ އެ މަގާމުތަކަށް ހޯވޭ މީހުންނަށް މުސާރައާއި އިނާޔަތްތައް އެއްކޮށްލައިގެން 13,700 – 10,300 ރުފިޔާއާ ދެމެދުގެ މުސާރައެއް މަހަކު ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމާއި ސްޓާފް މެޑިކަލް އިންޝޫރަންސާއި

ޕެންޝަން ސްކީމްގެ އިނާޔަތް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައިވަނީ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ހަފްތާއަކު 6 ދުވަހު- ދުވާލަކު 8-12 ގަޑިއިރާއި ދޭތެރޭގައި ކަމަށެވެ.

އަސާސީ ތައުލީމް ހާސިލުކޮށް ފައިވުމާއެކު ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭ އަދި ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރެވޭ ކޮންމެ މީހަކަށް މި ވަޒީފާއަށް ކުރިމަތިލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ވަޒީފާއަށް ޝައުގުވެރިވާ މީހުން، މާދަމާ ހުޅުމާލޭ އެމްޓީސީސީ ޓާމިނަލްގައި މާދަމާ އޮންނަ އެ ކުންފުނީގެ އޯޕަން ޑޭ ހަރަކާތަށް ސީވީއާއި އައިޑީކާޑުގެ ކޮޕީއަކާއެކު ދިއުމަށް އެމްޓީސީސީން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355