twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަބޫބަކުރު ގެފާނު: ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި 10 ސަޙާބީންގެ ތެރެއިން

ހ.މ
May 16, 2022

ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި 10 ސަޙާބީންގެ ތެރެއިން އަބޫބަކުރު ގެފާނަކީ ނަބީބޭކަލުންނަށްފަހު އެންމެ މާތް އިންސާނާއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އެންމެ ގާތް އެކުވެރިޔާއެވެ. އިސްލާމް ދީނަށް ގޮވާ ލެއްވުމުން ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމް ދީން ޤަބޫލްކުރެއްވީ އެކަލޭގެފާނެވެ.

އަބޫބަކުރު ގެފާނަކީ މައްކާގެ ޤުރައިޝް ވަންހައަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ ޢަބްދުﷲ ބުން ޢުޘްމާންއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަޙާބީންގެ ތެރެއިން އެކަލޭގެފާނު އެންމެ ލޯބިފުޅުވެ ވަޑައިގަންނަވާ ސަޙާބީއެވެ. ހިޖުރައިގެ ދަތުރުގައި އެކަލޭގެފާނުގެ ބައިވެރިޔާއެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާއެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި ކީރިތި ޤުރުއާން ޖަމްޢު ކުރެއްވިއެވެ.

ކީރިތި ރަސޫލާގެ ހަދީސްތަކުން އެނގޭ ގޮތުގައި އެކަލޭގެފާނަށް އެންމެ ދީލަތި ޚިދުމަތްތެރިޔާއަކީ އަބޫބަކުރު ގެފާނެވެ. އަބޫބަކުރު ގެފާނުގެ މާތްކަމާ ދީލަތިކަން އެނގޭ ހާދިސާއެއްވެއެވެ. ޢުމަރު ގެފާނުގެ އަރިހުން އައިސްފައިވާ ބަސްފުޅެއްގައިވެއެވެ. އެއްފަހަރަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މުސްލިމުންގެ ފަރާތުން ޞަދަޤާތް ކުރެއްވުމަށް ގޮވާލެއްވިއެވެ. ތިމަން ކަލޭގެފާނުގެ މުދާ ދެބައިކޮށް އެއްބައި ގޭގެ އަހުލުންނަށް ބަހައްޓަވައި އަނެއްބައި ޞަދަޤާތަށް ނެރުއްވީމެވެ. އަދި އަބޫބަކުރު ގެފާނަށްވުރެ އެދުވަހު ކުރި ލިބޭނެކަމަށް ހީކޮށް ހުރީމެވެ.

ޢަބޫބަކުރު ގެފާނު ޞަދަޤާތައިގެން ވަޑައިގެންނެވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްސެވިއެވެ. ކަލޭގެފާނު ގޭގެ އަހުލުރުވެރިންނަށް ބެހެއްޓެވީ ކޮން އެއްޗެއްތޯއެވެ؟ އެހިނދު އަބޫބަކުރު ގެފާނު ދެންނެވިއެވެ. އެކަލޭގެފާނުގެ އަހުލުވެރިންނަށް ދެއްވީ މާތްﷲ އާއި އެކަލާނގެ ނަބިއްޔާއެވެ. އަދިވެސް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅަކީ އަޅުގަނޑުމެންނަށް ހުރި ނަމޫނާއެކެވެ.

އަބޫބަކުރު ގެފާނު އަވަހާރަވެ ވަޑައިގެންނެވީ ޢުމުރުފުޅުން 63 އަހަރުގައެވެ. އަވަހާރަވެ ވަޑައިގެންނެވީ ހިޖުރައިން 13 ވަނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355