twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓޭ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރަނީ

ޚަދީޖާ އާދަމް
May 18, 2022

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓޭ މިންވަރު ދެނެގަތުމުގެ ދިރާސާއެއް ފަށައިފިއެވެ.

މިއީ އިނގިރޭސިވިލާތުގެ ސަރުކާރުން އުފައްދާފައިވާ "ބްލޫ ޕްލެނެޓް ފަންޑް"ގެ ދަށުން ހަދާފައިވާ އޯޝަން ކަންޓްރީ ޕާޓްނަރޝިޕުން އިސްނަގައިގެން ކުރިއަށްގެންދާ ދިރާސާއެކެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެންބަސީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އީޕީއޭ ގުޅިގެންނެވެ. ދިރާސާ މިބައްދަލުވުން ކުރިއަށް ގެންދަނީ ބ.އަތޮޅާއި ދ.އަތޮޅުގައެވެ.

މިދިރާސާ ހަދަނީ ބަޔޯ ޑައިވަރސިޓީ ނުވަތަ އެއްގަމާއި ކަނޑުގެ ދިރުންތަކާއި ދުނިޔެއިން ނެތި ފަނާވެ ގޮސްދާނެކަމުގެ ބިރު ހިވެފައި އޮތް ދިރުންތައް ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ. ބ.އަތޮޅުގައި ދިރާސާ ކޮށް ބަލާފައިވަނީ އެއަތޮޅުގައި ހިމާޔަތްކޮށް ބަލަހައްޓަމުންގެންދާ ހަނިފަރު ހިމެނޭސަރަހައްދުގެ މެނޭޖްމަންޓް ޕްލޭނަށެވެ. އެ އަތޮޅުގައި މި މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ދ އަތޮޅުގައި ދިރާސާ ކުރަނީ އެ އަތޮޅު ކުޑަހުވަދޫ ފަރުގައި އޮންނަ ގްރޫޕާ ބްރީޑިން ނުވަތަ ފާނަ ވިހާ އާލާވާ ތަން ހިމާޔަތްކޮށް ބަލަހައްޓާ މިންވަރު ދެނެގަތުމުގެ މަސައްކަތެވެ.

ރާއްޖޭގައި ގިނައިން ހިމާޔަތްކޮށްފައި ހުރީ ކަނޑުގެ ސަރަހައްދުތަކެވެ. ނަމަވެސް ބައެއް ރަށްވެސް ހިމާޔަތްކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ތިމާވެއްޓާބެހޭ ވުޒާރާއިން ހިމާޔަތްކޮށްފައި ހުރި ތަންތަނާއި ފިޝަރީސް މިނިސްޓްރީން ހިމާޔަތްކޮށް ފައި ހުރިތަންތަން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355