twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބޮޑުހިލަ ހިފައިގެން ދިޔަ ޓަގުބޯޓު ދިއްދޫ ފަރަށް އުރުނުތާ 4 ދުވަސް، އަދިވެސް ފުންނުކުރެވޭ

ނަބީލާ އިސްމާޢީލް
May 4, 2023

ހއ ދިއްދޫ ފަރުމައްޗަށް މީގެ 4 ދުވަސްކުރިން ބާޖަކާއެކު އެރި ޓަގުބޯޓު އަދިވެސް ފުން ނުކުރެވޭ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ. މިއީ ދިއްދު އަށް ބޮޑުހިލަ ހިފައިގެން ދިޔަ އިންޑިއާގެ ކުންފުންޠެއް ކަމަށްވާ އެމްއެމް އެކްސްޕޯޓުގެ "މުތާ ޕްރިންސަސް" ޓަގް ބޯޓާއި ބާޖެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބާޖު ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ފުންކުރެވިފައެވެ. ނަމަވެސް ޓަގު އަދިވެސް އޮތީ ފަރުމަތީގައެވެ. އަދި މިހާދިސާ ހިނގުމުން އެ ރަށު ކައުންސިލުން ވަނީ އެންވަޔަރެމެންޓް ޕްޓޮކްޝަން އެޖެންސީ (އީޕީއޭ)އަށް އަނގާފަ އެވެ.

އެ ބޯޓާއި ބާޖު އަރާފައި ވަނީ ދިއްދޫ ގެ އިރުމަތީ ފަރާތު ފަރަށެވެ.

މިކަމާ ގުޅިގެން އީޕީއޭއިން ބުނީ، ޓަގުބޯޓު ފުންކުރުމުގެ މަސައްކަތް ކުރަނީ ބޯޓުގައި ތިބި މީހުން ކަމަށާއި އެ މަސައްކަތް ނިމުމުން ފަރަށް ލިބިފައިވާ ގެއްލުންތައް ތަހުލީލުކުރާނެ ކަމަށެވެ. އަދި އެއަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ޖޫރިމަނާ ކުރާނެ ކަމަށެވެ.

އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގް ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ ފުށިދިއްގަރު ފަރަށް 2015 ގައި އެރި އެވެ. މައްސަލައިގައި 110 މިލިއަން ރުފިޔާ ދައްކަން އެންގިތާ ހަތަރު އަހަރުވީ އިރު ވެސް ފައިސާ ދައްކާފައެއް ނުވެ އެވެ. އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށް އޭރު އީޕީއޭއިން ބުންޏެވެ.

އެ ކުންފުނީގެ ބޯޓެއް 2014 ވަނަ އަހަރުގެ ތެރޭގައި ތިލަފުށީ ފަރަށް ވެސް އެރި އެވެ. އެ މައްސަލަ ބެލުމަށްފަހު އެ ބޯޓް 22 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި ނަމަވެސް އެމްއެމް އެކްސްޕޯޓުގެ އެދުމުގެ މަތިން ފަހުން ވަނީ ޖޫރިމަނާ 2.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355