twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާ ކުންފުނިން ގަވައިދާ ހިލާފަށް ރުއްގަސް ބޭރުކުރަނީ

އަބްދުލް ވާހިދު ޙަސަން
May 2, 2023

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ އިންޑިޔާގެ ޖޭއެމްސީން ގަވައިދާ ހިލާފަށް އެރަށުން ރުއްގަސް ބޭރުކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެންމެ ބޮޑު އެއް އީޕީސީ ކުންފުންޏާ މިއަހަރު ޖެނުއަރީމަހު 136.6 މިލިއަން ރުފިޔާއަށެވެ.

ހަނިމާދޫ ކައުންސިލް ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ، ކައުންސިލްގެ ހުއްދަނެތި ރުއްގަސް ބޭރުކުރާތީ އެކަން މިއަހަރުގެ މާރޗުމަހު 28 ވަނަ ދުވަހު ހުއްޓުވިކަމަށެވެ.

އެެހެންނަމަވެސް އެކަން ކައުންސިލުން ހުއްޓުވާފައިވަނިކޮށް އަނެއްކާވެސް ރުއްގަސް ބޭރުކުރާތީ އެކަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އީޕީއޭގެ ސަމާލުކަމަށް ގެނެސްފައިވީނަމަވެސް އެކަން ހުއްޓުމެއްނެތި ޖޭއެމްސީ ކުރަމުންދާ ކަމަށެވެ. ފިރާގު ވިދާޅުވީ، އެރަށުން ރުއްގަސް ބޭރުކޮށްގެން ގެންދަނީ ކޮންތަނަކަށް ނޭނގޭ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ.

މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓް ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355