twitterviber whatsapp telegramfacebookyoutube instagram
25th August 2026

ފޯކައިދޫ ކައުންސިލުން 1000 ރުއް/ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ޚަދީޖާ އާދަމް
May 19, 2022

ށ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން ރަށުތެރެ ފެހިކުރުމުގެ ގޮތުން އެރަށުގައި 1000 ރުއް/ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ ކައުންސިލްގެ ތަރައްގީގެ ޕްލޭނުގައި އެކުލަވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެރަށު ކައުންސިލްގެ ރައީސް އަހުމަދު އާސިފް ކޭއޯއަސް ވިދާޅުވީ މި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިއަދު ފަށާފައިވާއިރު މިއަދު އިންދާފައިވަނީ 30 ރުއް ކަމަށެވެ.

މިއަދުގެ މި ހަރަކާތުގައި ބައިވެރިވީ ކައުންސިލުންގެ މުވައްޒަފުންކަން ފާހަގަކޮށް އާސިފް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރަށުގެ މުވައްސަސާތަކާއި ސްކޫލްގެ އެންވަޔަރަމެންޓް ކްލަބުންވެސް މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ.

މިއަދު ރުއް އިންދާފައިވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގެ އިތުރުން ބަނދަރާއި ހޭޅިފަށުގައެވެ. އެގޮތުން އެތަންތަނުގައި އިންދާފައިވަނީ މެލޭޝިޔާ ޖާފާނު ރުއްކަމަށް އާސިފް ވިދާޅުވި އެވެ.

މީގެ ކުރިންވެސް ޑަބްލިއުޑީސީއާއި ރަށުގެ ފެނަކަ ގުޅިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެފަހަރު 100 އަށްވުރެ ގިނަ ފިތުރޯނުގަސް އެކި ސަރަހައްދުތަކުގައި އިންދާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ ތެރެއިން ރަށުގެ ހޭޅިފަށް ހިމާޔަތް ކުރުމަށްވެސް ބޮޑެތި ގަސް އިންދަން ނިންމާފައިވާކަން އާސިފް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355