twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރޭސިންގ އެސޯސިއޭޝަނުން ބޭއްވި ޗަރުކޭސް އިވެންޓްގެ ދެވަނަ ކުޅުދުއްފުށީ ޒުވާނަކަށް

މުޙައްމަދު އަހުމަދު
May 22, 2022
1

ރޭސިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރާމް)އިން ބޭއްވި ޗަރުކޭސް އިވެންޓްގެ ދެވަނަ ކުޅުދުއްފުށީ ޒުވާނަކު ހޯދައިފި އެވެ. މި އިވެންޓްގެ ދެވަނަ ހޯދާ ކުޅުދުއްފުއްޓަށް ރީތި ނަން ހޯދައިދިނީ ސިންކްރޯނިކް ރައިޑާސް ޝުއައިބު މުހައްމަދު އެވެ.

ކުޅުދުއްފުށީ ކޮންކޯޑް ޝުއައިބު މުހައްމަދު މިއިވެންޓްގެ ދެވަނަ ހާސިލްކުރީ ޖުމްލަ 224 ޕޮއިންޓް ހޯދައިގެންނެވެ. މާލޭ އުސްފަސްގަނޑުގެ ހެލިޕެޑް ސަރަހައްދުގައި ކުރިއަށް ދިޔަ މިއިވެންޓްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސިންކްރޯނިކް ރައިޑާސްގެ އަލީ އަޝްފާގެވެ. އޭނާ ވަނީ ޖުމްލަ 239 ޕޮއިންޓް ހޯދާފަ އެވެ.

އިއްޔެ ހަވީރު ކުރިއަށްދިޔަ މިއިވެންޓަކީ ރޭސިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިއިވެންޓްގައި ޖުމްލަ 6 ރައިޑަރުން ބައިވެރިވި އެވެ.

5 އޮބްސްޓެކަލްއަކަށް ބަހާލައިގެން ކުރިއަށް ދިޔަ މިމުބާރާތުގައި ކޮންމެ އޮބްސްޓެކަލްއަކަށް ލިބެނީ 50 ޕޮއިންޓެވެ. އެއީ ޖުމްލަ 250 ޕޮއިންޓެވެ. މިއިވެންޓްގައި ހިމެނޭ އޮބްސްޓެކަލް ތަކަކީ ސީސޯ، ޕްލޭންކް، ފިގަރ 8 އަދި ޑްރިފްޓް ބޮކްސްގެ އިތުރުން ދަޅެވެ.

މީގެއިތުރުން ހިމެނޭ އަނެއް 50 ޕޮއިންޓްގެ ތެރެއިން 40 ޕޮއިންޓަކީ ފްރީސްޓައިލްއަށް ދޭ 40 ޕޮއިންޓެވެ. އަދި ބާކީ 10 ޕޮއިންޓަކީ 2 މިނެޓް ތެރޭގައި ހުރިހާ އޮބްސްޓެކަލް ފުރިހަމަކުރުމުން ލިބޭ 10 ޕޮއިންޓެވެ. މިއިވެންޓްގައި ރޭސް ޖަހަން ކޮންމެ ރައިޑަރަކަށްް ސީޝާގެ ފަރާތުން ހޮންޑާ ވިނާ އެކްސް ސައިކަލެއް ދީފައިވެ އެވެ. ކޮންމެ ރައިޑަރަކު ވެސް އިވެންޓް ނިންމަން ޖެހޭނީ މި ސައިކަލުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355