twitterviber whatsapp telegramfacebookyoutube instagram
2nd July 2022

"އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ފަށައިފި

ނަބީލާ އިސްމާޢީލް
May 23, 2022

އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ފޯރިއާއި އެކު ވޯލްޑް ކަޕް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް ފަށާފައެވެ.

މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އާއި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމާދީއެވެ.

މި ކެމްޕޭން ފެށުމުގެ ގޮތުން މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގެ އެމާ ސްޓޭޑިއަމްގައި އުރީދޫ އާއި ހާޑްރޮކް އެފްސީ ފުޓްސަލް ޓީމުން ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗެއް ވަނީ ކުޅެފައެވެ. މި މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހާޑްރޮކްގެ ޓީމުންނެވެ.

އުރީދޫގެ ސީއީއޯ އަލް ހަމާދީ ވިދާޅުވީ މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ފުރުސަތުތަކާއި ހަރަކާތްތައް ރޭވިފައިވާކަމަށެވެ. އަދި އަމާޒަކީ ވޯލްޑް ކަޕްގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. .

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑުލް އީސްޓް އަދި އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކީ އުރީދޫއެވެ. އެހެންވެ ދިވެހިންނަށްވެސް މި ފޯރީގައި ބައިވެރިވާން ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355