twitterviber whatsapp telegramfacebookyoutube instagram
18th September 2026

ކުޑަކުދިންގެ ހިިޔާތަކަށް ދިރާގުގެ ގިނަ ހިދުމަތަކެއް ހިލޭ

ނަބީލާ އިސްމާޢީލް
May 23, 2022

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާތަކަށް ކުޑަކުދިންގެ ދުވަހާ ގުޅިގެން ދިރާގުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިރާގުން ދޭން ނިންމާފައި ވަނީ ދިރާގު ޓީވީގެ ހިދުމަތާއި ދިރާގުގެ ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތެވެ. އެ ހިދުމަތްތައް ދެނީ "އަމާން ވެށި" އަދި "އަމާން ހިޔާ" މަރުކަޒުތަކަށެވެ.

މިދިޔަ ހޯމަ ދުވަހު ޖެންޑާ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިކަމުން ހުރިހާ ކުދިން ޝާމިލުކޮށް ކިޔަވައިދިނުމަށް ބާރުއަޅައިދޭނެ. އަދި ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިވެ، އޮންލައިންކޮށް ލިބެން ހުރި ވަސީލަތްތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވާނެ،" އޭނާ ވިދާޅުވި އެވެ.

ދިރާގުން ވަނީ ހަ މަރުކަޒަކަށް ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ހިދުމަތް ފަށާފަ އެވެ. އެއީ ބ. އޭދަފުށި، ށ. ފުނަދޫ، ޏ. ފުވައްމުލައް، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އެވެ.

ޖެންޑާއިން މިހާރު ގާއިމުކުރުމަށް ނިންމާފައިވާ ރަށްތަކުގެ މަރުކަޒުތަކަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފަ އެވެ. އެއީ ނ. މަނަދޫ، ކުޅުދުއްފުށި، މ. މުލައް، ޅ. ނައިފަރު އަދި ސ. ހިތަދޫ އެވެ.

މީގެ އިތުރުން 11 މަރުކަޒުގެ ކޮމްޕިއުޓަރު ލެބަށް ދިރާގުގެ އިންޓަނެޓުގެ ހިދުމަތް ހިލޭ ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293