twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖެއަށް ލިބުނު ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް

May 23, 2022

ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ސަރުކާރުން މިއަހަރު ދީފައިވަނީ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާއިގެން، ޕްރޮޕޯސަލް ހުށައަޅައި، އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތް ކަމަށެވެ. އެހެންކަމުން މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއަށް ލިިބިފައިވާ ކޯޓާއަށް މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ، ހައްޖު ކޯޕަރޭޝަން ކަމަށެވެ.

އެ ބަޔާނުގައިވަނީ ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ރާއްޖެއަށް ދިން 453 ކޯޓާގެތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލުމަށް އެކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ.

އަދި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކޮށްފައިވާ 100 ކޯޓާއަށް މިހާރު ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔޫއި ތިބި ފަރާތްތަކަށްވެސް މި އަހަރު ހައްޖަށް ގެންދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ހައްޖު ކޯޕަރޭޝަންގެ ކިއޫގައި ތިބި މީހުނަށް ވެސް މިއަހަރު ހައްޖަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

އެ ފުރުސަތަށް އެދި ހުށަހެޅުމުގައި ޢަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާންމުކުރާނެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ހުރިހާ ގައުމަކަށް ހައްޖަށް މީހުން ފޮނުވުމުގެ ފުރުސަތު ލިބުނީ މަދުންނެވެ. ނަމަވެސް ހައްޖަށް މީހުން ގެންދިއުމަށް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355