އިމެއް ނެތި ފަރުމަހުގެ ވަކި ބާވަތެއް ބާނާނަމަ އެ ދިރުން އެ ފަރަކުން ހުސްވެދާނެކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ އިމެއް ނެތި މަސްވެރިކަން ފަދަ ކަންކަން ކުރަން ދޫކޮށްލާފައި އޮންނަ އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ރާއްޖޭގައި ފުޅާދާއިރާއެއްގެ ކަނޑުމަހުގެ މަސްވެރިކަން ކުރަމުންދާއިރު ފަރުމަހުގެ މަސްވެރިކަންވެސް ފުޅާ ދާއިރާއެއްގައި ކުރަމުންދާކަމަށެވެ.
ފަތުރުވެރިކަމާއި ގުޅުވައިގެން ވަކި ބާވަތްތަކެއްގެ ފަރުމަސް ހިފުން އިތުރުވެފައިވާކަމަށާއި ފަރުމަހުގެ ބާވަތްތަކަކީ ފަޅެއްގެ ތެރޭގައި އެ ދިރުންތަކުގެ މުޅި ދިރިއުޅުން ހޭދަކޮށް ނިމިގެންދާ އެއްޗެހި ކަމާއިމެދު ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރުމަސް ހުންނާނީ ކޮން ތަނަކުކަން ޔަޤީންކޮށް އެނގޭހިނދު އެތަނަކަށް ގޮސް އެއްފަހަރާ ގިނަ އަދަދެއްގެ މަސް ނަގާ، ފަރެއްވެސް ހުސްކޮށްލެވިދާނެ ކަމަށް ނަސީރު ވިދާޅުވިއެވެ. އަދި މިގޮތަށް މިހެން ވާނަމަ ދިރުންތައް ހިމާޔަތްކުރުމުގެ މިސްރާބަށް ދާންޖެހިދާނެ ކަމަށާއި، އިމެއް ކަނޑައެޅުން މުހިންމު ވަނީވެސް މި ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރުމަހުގެ މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުންދާއިރު، ފަތުރުވެރިކަމާއި ގުޅުވައިގެން ވަކި ބާވަތްތަކެއްގެ ފަރުމަސް ހިފުން އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަރުމަހުގެ ބާވަތްތަކަކީ ފަޅެއްގެ ތެރޭގައި އެ ދިރުންތަކުގެ މުޅި ދިރިއުޅުން ހޭދަކޮށް ނިމިގެންދާ އެއްޗެހި ކަމާއިމެދު ވިސްނަންޖެހޭ ކަމަށެވެ.
ފަރުމަސް ހުންނާނީ ކޮން ތަނަކުކަން ޔަޤީންކޮށް އެނގޭހިނދު އެތަނަކަށް ގޮސް އެއްފަހަރާ ގިނަ އަދަދެއްގެ މަސް ނަގާ، ފަރެއްވެސް ހުސްކޮށްލެވިދާނެ ކަމަށް ނަސީރު ވިދާޅުވިއެވެ. މިގޮތަށް މިހެން ވާނަމަ ދިރުންތައް ހިމާޔަތްކުރުމުގެ މިސްރާބަށް ދާންޖެހިދާނެ ކަމަށާއި، އިމެއް ކަނޑައެޅުން މުހިންމު ވަނީވެސް މި ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގައި އިމެއް ކަނޑައަޅާ ގަވާއިދުތައް ހެދުން މުހިންމު ކަމަށާއި މިއީ އެކަމެއް ހުއްޓުވުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށް ނަސީރު ވިދާޅުވިއެވެ.
މިއީ އެކަމުން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ ގޮތް މަގުފަހިކުރުމަށް ކުރާ ކަމެއް ކަމަށް ނަސީރު ވިދާޅުވިއެވެ.