twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ގޮއިދޫ ސްކޫލްގެ ވޭތުވެދިޔަ ދިރާސީ ދެ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުންގެ ގޮތުގައި އީނާސް އަދި ފައިހާ ހޮވިއްޖެ

May 29, 2022

ށ ގޮއިދޫ ސްކޫލުގެ 2019 ވަނަ އަހަރާއި 2020-2021 ވަނަ ދިރާސީ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުން ހޮވައިފިއެވެ.

މިގޮތުން 2019 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރެއްކަމުގައި ފާތިމަތު އީނާސް ހޮވިފައިވާއިރު، 2020-2021 ވަނަ އަހަރުގެ އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ފައިހާ އަހުމަދެވެ.

ގޮއިދޫ ސްކޫލުގެ އަހަރީ އިނާމްދިނުމަށް ހުކުރު ދުވަހުގެ ރޭ އެސްކޫލު ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ށ.އަތޮޅު މަދަރުސާ ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑިންގ ޓީޗަރ އަލީ ސުހައިލް މޫސާއެވެ.

މި ޖަލްސާގައި ބައިވެރިންނާ މުޚާތަބު ކުރައްވާ ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި ފަހު ވަގުތާ ޖެހެންދެންވެސް ގަދަ އަޒުމުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ފަސް ކަމެއް ފާހަގަކުރައްވާފައިވެއެވެ.

މި ޖަލްސާގައި އެ ސްކޫލުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނާއި ސްކޫލުން ފާހަގަކޮށްލެވުނު ދަރިވަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޝީލްޑް ދެވިފައިވެއެވެ.

އަދި މި ޖަލްސާގައި ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ށ. އަތޮޅު ކައުންސިލުން ޝީލްޑް ހަދިޔާކުރައްވާފައިވާއިރު، ށ. ގޮއިދޫ ކައުންސިލުން ވަނީ ޝީލްޑާއި ފައިސާގެ އިނާމް ހަދިޔާ ކުރައްވާފައެވެ.

މީގެ އިތުރުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަށް ށ. އަތޮޅު ކައުންސިލާއި، ގޮއިދޫ ކައުންސިލުން ޝީލްޑް ހަދިޔާ ކުރައްވާފައިވާއިރު، ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ޝީލްޑާއި ފައިސާގެ އިނާމް ހުށައަޅުއްވާފައިވާކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ. ގޮއިދޫ ސްކޫލަކީ 130 ދަރިވަރުންނާއެކު ސިންގަލްސެޝަން ޕައިލެޓް ސްކޫލެއްކަން ފާހަގަކުރަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355